ހިންދީ މުހާވަރާއެއްގައި ބުނެފައި ވެއެވެ. ލޯބިން ގުޅިފައިވާ ބައެއް ޖޯޑު ތަކަކީ ފިތުރަތުން މާތް ކަލާންގެ އުފައްދަވާފައިވާ ގުޅުން ކަމަ ށެވެ. ޝިޔާމުގެ މިވާހަކާގައި ސިފަ ކޮށްދީފައި ވަނީ މިފަދަ ގުޅުމެކެވެ. އިޝްގެ ކެވެ.

އަޅުގަނޑުމެން ތެރޭގައި ލޯބީގެ ވާހަކަތައް ވަރަށް ގިނަ އެވެ. މިފޮތަކީ ވެސް ލޯބީގެ ވާހަކަ އެކެވެ.

ނަމަވެސް މިވާހަކައިގެ ތަފާތަކީ ލޯބީގެ ގުޅުމަށް ޖާގަ ލިބިގެން ދަނީ ދެ މީހުންގެ އުމުރެގެ ފަހު ކޮޅުގައި ކަމަށް ވާތީ އެވެ.

މިވާހަކަ އަކީ ދެ އާއިލާއެއްގެ ރުޅިވެރި ކަމެއްގެ ތެެރޭގައި ލޯބީގެ ގުޅުން ތާށިވެގެން ހުއްޓުން އަރަން ޖެހުމުން، އެހެން ދިރިއުޅުމެއް ފައްޓާ އުފަލުން އުޅެފައިވާ ދެ މީހެއްގެ ވާހަކަ އެކެވެ.

މި ވާހަކައިގެ ކަންކަން ހިނގައި ދިޔަ ކަމަށް ސިފަކޮށްދީފައި ވަނީ އަތޮޅު ތެރޭގެ ދެ ރަށެއްގައި އެވެ.

ލިޔުންތެރިޔާ ވަނީ މި ދެ ރަށް ކޮންމެ ވެސް ވަރަށް ސިފަ ކޮށްދީފައި އެވެ. މީގެ ތެރޭގައި މިދެ ރަށުގެ ހުންނަ ޝަގާފީ ކަންތައްތައް ވެސް ވަނީ ކިޔާދީފައި އެވެ. އެހެން ކަމުން ކިޔުންތެރިޔާ އަށް މިއީ އަސްލު ހިންގާ ގޮސްފައި ކަމެއް ކަމުގެ އިހުސާސް ކުރެވޭނެ އެވެ.

މިއީ ކުރު ވާހަކައަކަށް ވުރެން ތަންކޮޅެއް ދިގު ވާހަކަ އެކެވެ. ޗުއްޓީ ދުވަހެއްގެ މެންދުރު ފަހު ނޫނީ ނިދާ ގަޑީގައި ކިޔާލަން ރަނގަޅު ފޮތެކެވެ.

މިހެން މިދެންނެވީ ވާހަކާ ބައްޓަން ކޮށްފައިވަނީ ކިޔާލަން ފަސޭހަ ގޮތަކަށެވެ. އަދި ވާހަކައިގެ ޕުލޮޓު ރާވާލާފައި ވަނީ ލުއިކޮށް ކަމަށް ވާތީ، އެއް އިށީނުމެއް ގައި ކިޔައި ލެވޭނެ ތީ އެވެ.

އަޙުމަދު ޝިޔާމުގެ 'އިބްރާހިމްގެ ހުވަފެން' ވާހަކަ އަށް ކިޔުންތެރިން ފަރާތުން މަޤުބޫލުކަން ލިބުން އެދެމެވެ.