އެއްދުވަހަކު އަކްބަރު ރަސްގެފާނު ބީރުބޮލު ވަޒީރުގެ ކުޅަދާނަ ކަމާދޭތެރޭ ހިތްޕުޅާވެގެން، ވަރަށް ގިނަ އަގު ބޮޑު ހަދިޔާ ބީރުބޮލު ވަޒީރަށް އަރުވާނެކަމަށް ވިދާޅުވެވުނެވެ.
އެހެން ނަމަވެސް މިކަން ރަސްގެފާނު ހިތްޕުޅުން ވަރަށް އަވަހަށް ނެތިގެން ހިގައްޖެއެވެ.
ކިތަންމެ ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް ބީރުބޮލު ވަޒީރަަށް ހަމައެއްވެސް ހަދިޔާއެއް ލިބިވަޑައެއްނުގަތެވެ.
އެއްދުވަހަކު ރަސްގެފާނު ކޯރެއްގެ އައްސޭރީގައި ހިންގަވާލައްވަން ވަޑައިގަތެވެ.
އާދައިގެ މަތިން ބީރުބޮލު ވަޒީރުވެސް ރަސްގެފާނު އަރިއަހުގައި ހުންނެވިއެވެ.
ދެބޭފުޅުން ހިންގަވާ ވަަޑައިގަންނަވަނިކޮށް ކާރިން ޖަމަލެއް ހިގައްޖެއެވެ.
އަކްބަރު ރަސްގެފާނު ބީރުބޮލުކައިރި އެއްސެވިއެވެ.
ޖަމަލުގެ ކަރު ގުދުކޮށް ހުންނަނީ ކީއްވެގެންތޯ؟
މާތް ސާހިބާއެވެ. އެބައެއްގެ ވައުދު ނުފުއްދާ ބައެއްގެ ކަރު ހުންނާނީ ގުދު ކޮށެވެ. މިއީ ވަރަށް ގިނަމީހުން ކިޔާއެއްޗެވެ. މި ޖަމަލުވެސްވާނީ ކޮންމެވެސް ވައުދެއް ނުފުއްދާ ހުރީ ކަމަށެވެ. އެހެންކަމުން މާތްކަލާނގެ އެއަށް މެދުވެރި ކުރެއްވާފައިވާ ގޮތެވެ.
ހަމަ އެވަޤުތު ރަސްގެފާނަށް ބީރުބޮލު މިކިއުއްވާ އެއްޗެއް އެނގިވަޑައިގެންފިއެވެ.
އަދި ގަނޑުވަރަށް ވަޑައިގަތުމާއެކު ބީރުބޮލަށް ހަދިޔާތައް ދެއްވައިފިއެވެ.
ހުށިޔާރު މީހުންނަކީ ދަންޑިވަޅު އަންނަންދެން ކެއްތެރިކަމާއެކު މަޑުކޮށް ދަނޑިވަޅު އައީކަން ދެނެގަނެ އޭނާގެ ފައިދާއަށް އެހާލަތު އަބުރާލަން އެނގޭ މީހުންނެވެ.