އެއްފަހަރަކު އަކްބަރު ރަސްގެފާނު ބީރުބޮލު ވަޒީރު ދެމެދު ކޮންމެ ވެސް ކަމަކާ ވަރަށް ކޯފާވެގެން ބީރުބޮލު ވަޒީރަށް ރަށުން ފާބައި ވަޑާގަތުމަށް އަމަރު ކުރެއްވި އެވެ. ދެން ބީރުބޮލު ވެރިކަން ކުރާ ރަށް ކަމުގައިވާ އާގަރާ އިން ނިކުމެވަޑައިގެން ރަށްބޭރުން ތަންކޮޅެއް ދުރުހިސާބެއްގައި، ރަށްފުށުގައި ދިރިއުޅެންފެއްޓެވިއެވެ.

ބީރުބޮލު އުޅޭތަނެއްގެ މައުލޫމާތު އެއްވެސް މީހަކަށް އަދި ރަސްގެފާނަށް ވެސް ބީރުބޮލު ނާންގަވައެވެ.

ބީރުބޮލު ނެތި ކުޑަ ދުވަސް ކޮޅެއްވީއިރު ރަސްގެފާނު ބީރުބޮލުމަތީން ހަދުމަފުޅުވާން ފައްޓަވައިފިއެވެ. އަދި، ބީރުބޮލާއި އެކު ވަޤުތު ހޭދަކޮށްލައ ހިތްޕުޅުވަނީ މާބޮޑަކަށެވެ. އެހެންކަމުން ބީރުބޮލު ވީތާކުން ހޯދައިގެން ގަޑުވަރަށް ގެނެވުމަށް ވެސް ވަނީ އަމުރު ކުރައްވާފައި އެވެ.

އެއްދުވަހު ގަޑުވަރުގެ ގާޑަކު އައިސް ރަސްގެފާނަށް ދަންނަވަނީ އެދުރުބެޔަކު ރަސްގެފާނާއި ބައްދަލުކުރެއްވުމަށް އައިސް ހުންނެވި ކަމަށެވެ. މިއެދުރުބޭ އަރިއަހުގައި ދެދަރިވަރުން އެބަތިބިކަމަށާއި އެދެދަރިވަރުން ބުނާބަހަކީ މިއެދުރަކީ ދުނިޔޭގައިހުރި އެންމެ ބުއްދިވެރިމީހާކަމަށެވެ.

ބީރުބޮލު ވަޒީރު ނެތުމުން ރަސްގެފާނަށް ލަފާއަރުވާނެ ރަގަޅު ބުއްދިވެރިއަކު ރަސްގެފާނުވަނީ މިހާރު ބޭނުންވެފައި ކަމުން މިއެދުރުބޭ ރަސްގެފާނު އަރިހަށް ގެނެސްދިނުމަށް އަންގަވާފިއެވެ. ދެންމިއެދުރުބޭ އާއި ދެ ދަރިވަރުން ރަސްގެފާނު އަރިހަށް ހާޒިރުކުރެވިއްޖެ އެވެ. މިއެދުރުބޭގެ ލޯމަތިންނާއި ބޮޑު އިސްތަށިގަޑާއި ދިގު ތުބުޅިން ބުއްދިވެރި ފާޑުޖަހައެވެ.

އަކްބަރު ރަސްގެފާނު ވިދާޅުވިއެވެ.

އޭ އެދުރުބޭ، ކަލޭގެ ދަރިވަރުން ބުނާ ގޮތުން ތީ އެންމެ ބުއްދިވެރި އިންސާނާއެވެ. އަޅުގަނޑު އެދުރުބޭ އިމްތިހާން ކޮށްލަން ބޭނުު މެވެ. ވީމާ އަޅުގަނޑުގެ ވަޒީރުން އެދުރުބެއާއި އެކިބާވަތުގެ ސުވާލު ކުރިމަތިކުރާނެއެވެ. އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް ޖަވާބު ދެވިއްޖެނަމަ ވަޒީރުކަމާއި ހަވާލު ވާންވީ އެވެ. ރަނގަޅު ޖަވާބު ނުދެވިއްޖެނަމަ އެދުރުބޭގެ ކަނދުރާ ބޮލާއި ވަކިކުރެވޭނެ އެވެ. މިޝަރުތާއި ޤަބޫލުވެ ސުވާލުތަކާއި ކުރިމަތިލައްވަންވީއެވެ.

އާދެ! މާތް ސާހިބާ އޭވިދާޅުވެ އެދުރުބޭ ޖަވާބުދެއްވިއެވެ.

އެކަމަކު މާތް ސާހިބާ، އަޅުގަނޑު އެންމެ ފަހަރަކު ވެސް އަޅުގަނޑަކީ އެންމެ ބުއްދިވެރި މީހާކަމަކަށް ދައުއާއެއް ނުކުރަމެވެ. އެހެންމީހުން އަޅުގަނޑު ބުއްދިވެރިޔޭ ކިއުމަކުން އަޅުގަނޑު ކުރާނެކަމެއް ނެތެވެ. އަޅުގަނޑުގެ ކުޅަދާނަކަން ދައްކާލުމަކަށްވެސް އަޅުގަޑުމިހިރީ ކެއްމަދު ވެފައެއް ނޫނެވެ. އެކަމަކު އަޅުގަނޑަކީ އެހެންމީހުން ކުރިމަތިކުރާ ސުވާލަށް ޖަވާބު ދޭހިތްވާމީހެއް ކަމުން މަނިކުފާނު އިމްތިހާން ކުރުމާއި ދޭތެރޭ އަޅުގަނޑު އިއުތިރާޒްއެއް ނުކުރަމެވެ.

އެދުރުބޭގެ މިޖަވާބާއެކު ރަސްގެފާނުގެ ދަރުބާރުގައި ތިއްބެވި ވަޒީރުންނަށް ސުވާލު ކުރުމަށް ރަސްގެފާނު އަންގަވައިފި އެވެ.

ދުނިޔެމަތީގައި އިންސާނެއްގެ އެންމެ ގާތް ރަހްމަތްތެރިއަކީ ކާކު؟

އެދުރުބޭ "އިންސާނެއްގެ ރަނގަޅު ހިއްސުތައް"

ދުނިޔެމަތީގައި އެންމެ މަތިވެރިވެގެންވަނީ ކޯއްޗެއް؟

ތައުލީމް

ދުނިޔެމަތީގައި އެންމެ ފުން އެއްޗަކީ ކޮބާ؟

އަންހެނެއްގެ ހިތް

ކޯޗެއްތޯ ގެއްލުމަށްފަހު އަލުން ނުލިބޭ އެއްޗަކީ؟

ފުރާނަ

ވަޒީރުންގެ ސުވާލުތަކަށްފަހު ދަރުބާރުގައި ތިބި އެހެން މީހުން ސުވާލުތައް ކުރުމަށް ރަސްގެފާނު ފުރުސަތުދެއްވި އެވެ.

ދަރުބާރު ގެ މިއުޒިކް ކުޅޭ މީހާ - މިއުޒިކްގައި ނިމުމެއް ނުވަނީ ކޯޗެއްތޯ؟

މިއުޒިކްގެ ނޯޓްތައް

ކޮންއަޑެއް ރޭގަނޑުގައި އެންމެ ހަމަރީތިވެފައި އަޑުއަހާލަން ހިތްފަސޭހައީ؟

މާތް ކަލާގެއަށް ދުއާކުރާ އަޑު

ރަސްގެފާނުގެ މެހްމާނެއްގެ ގޮތުގައި އެވަގުތު ދަރުބާރުގައި އިންނެވިބޭފުޅަކު ސުވާލު ކުރެއްވިއެވެ.

ކޯޗެއްތޯ ވަޔަށް ވުރެންބާރަށް ދަތުރުކުރަނީ؟

އިންސާނާގެ ހިޔާލުތައް

ދުނިޔެމަތީގައި އެންމެ ލޯބީ ކޯޗެއްތޯ؟

ކުޑަކުއްޖެއްގެ ހިނިތުން

ދަރުބާރުގެ އެންމެނެނަށްވެސް ޖަވާބުތައް ވަރަށް ކަމު ގޮސްފި އެވެ. ދެން އަދި ހުދު އަކްބަރު ރަސްގެފާނު ވެސް ދެސުވާލެއް ކުރެއްވިއެވެ.

ވެރިކަން ކުރަން ކޮންމެހެން ބޭނުންވާކަމަކީ ކޮބާ؟

ހިކުމަތްތެރިކަން

ވެރިކަމުގެ އެންމެ ބޮޑު ދުޝްމަނަކީ ކޮބާ؟

އަމިއްލަ އެދުން

ރަސްގެފާނުވެސް ހުރިހާ ޖަވާބަކާއި މެދު ހިތްހަމަޖެހުމާއިކު އެދުރުބެއަށް ދަރުބާރުން ގޮޑިއެއް ދައްކަވާ ގޮޑީގައި އިށީނެވުމަށް އިޝާރާތްކުރެއްވިއެވެ. އަދި އެދުރުބެއަށް އެއްވެސް ޖާދޫއެއް ހަދާލަން އިގިލައްވާތޯ ސުވާލުކުރެއްވިއެވެ.

ތީކީ ނުވާވަރުގެ ކަމެއް ނޫންތޯ އެދުރުބޭ ދެންނެވިއެވެ. އަޅުގަޑަށް މަނިކުފާނު ބޭނުންފުޅުވާ ކޮންމެ މީހަކު ކުރިފުޅުމައްޗަށް ބަސްފުޅުވިދާޅުވާ ހިނދުން ގެނެވިދާނެއެވެ.

އަކްބަރު ރަސްގެފާނު އަވަސް އަވަހަށް ވިދާޅުވީ އަޅުގަނޑުގެ ވަޒީރު އަދި ގާތް ރަހްމަތްތެރިޔާ ބީރުބޮލު މިތަނަށް ހާޒިރު ކޮށްދެއްވިދާނެތޯ އެވެ.

ހަމަ އެހިދުން އެއްވެސް ބަހެއް ނުބުނެ އެދުރުބޭ ގެ އިސްތަށިގަޑާއި ތުބުޅި ނައްޓުވާލިއެވެ. މުޅި ދަރުބާރު ހާރާންވެގެން ހިގައްޖެއެވެ. އަކްބަރު ރަސްގެފާނަށްވެސް ޤަބޫލްފުޅުކުރެއްވަން އުނދަގޫފުޅުވިއެވެ. އަދި ތެދުވެވަޑާގެން ކަރާކަރު ޖައްސަވާ ބީރުބޮލާއި ސަލާމްކުރެއްވިއެވެ.

އަދި ވިދާޅުވިއެވެ. ސުވާލުތަކަށް ޖަވާބު ދެއްވިއިރު ތިޔައީ ބީރުބޮލުކަން ރަސްގެފާނަށް އިނގިވަޑާގެންވާކަމަށެވެ. އެހެންވެގެން ޖާދޫއެއް ދައްކާދިނުމަށް އެދިވަޑާގަތީކަމަށެވެ.

މިވާހަކައިން އަޅުގަނޑަށް ލިބޭ ފިލާވަޅަކީ :

• ގާތްމީހުން އެއީ ތިމާގެ ހިބައެއްކަމުގައި ނުދެކުމަށެވެ. އެމީހުންގެ ފަރާތުން ލިބޭ ފަސޭހަ އާއި އެހީތެރިކަން ހިތުގެ އަޑީން ގަބޫލުކޮށް އެމީހުންނަށް ލިބެންޖެހޭ ހައްޤު އިހްތިރާމްއާއި ޝުކުރުއަދާކުރާށެވެ. ގެއްލިގެންދާ ގާތްކަން އަނބުރާ ލިބުމަށް ވަޤުތުނަގާނެއެވެ. އެކަމަށް ކެއްތެރިވާންޖެހޭނެއެވެ.

• ތިމާއަށް ލިބިފައި ހުރި ގާބިލު ކަމާއި ހުނަރެއް ބޭނުންކޮށްގެން ގެއްލިފައިވާ މަގާމެއް ނުވަތަ އެހެން ކަމެއް ވެސް ހާސިލު ކުރުމަށް ފަހަތަށްނުޖެހި ސާބިތުކަމާއެކު ކުރިއަށްދާށެވެ.