އަބުދު މުބާރަކް ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް، ދަތުރުމަތީގައި އުޅެނިކޮށް އެއްރެއަކު ހުވަފެނުގައި ފެންނަނީ އޭނާ ސުވަރުގޭގައި ހުއްޓައި ދެ މަލާއިކަތުންގެ ވާހަކަފުޅުގެ އަޑެވެ.
މިއަހަރު ހައްޖަށް ކިތައް މީހުން ދޭތަ؟ މަލައިކަތަކު ސުވާލު ކުރިއެވެ.
"ހަސަތޭކަ". އަނެއް މަލާއިކަތާ ޖަވާބު ދިނެވެ.
"ދެން ތިތަނުން ކިންތަން މީހުންގެ ހައްޖުގެ އަޅުކަން ބަލައިގަނޭތޯ" ؟
" އެކަކުގެވެސް ހައްޖެއް ބަލައި ނުގަނޭ. އެކަމަކު ބަގުދާދުގައި އުޅޭނެ އަލީ މޫފިގް ކިޔާ ބޫޓް ހަދާ މީހެއް، އޭނާ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭ. އެހެންނަމަވެސް، އޭނަގެ ހައްޖުވަނީ ޤަބޫލުކުރައްވާފައި، އަދި އޭނަގެ ހިތްހެޔޮކަމާއި ރަނގަޅުކަމުން މިއަހަރުގެ ހުރިހާ ހައްޖުވެރިންނަށްވެސް އެކަމުގެ ފައިދާ ކުރާނެ".
އަބުދު މުބާރަކަށް ހޭލެވުމާއި އެކު އަލީ މޫފިގްގެ ފިހާރައަށް ގޮސް ފެނުނު ހުވަފެން ކިޔައި ދީފިއެވެ.
"ވަރަށް މަސައްކަތުން ބޮޑެތި ގުރުބާނީތަކެއް ވެގެން އަހަރެންނަށް އެއްކުރެވުނީ 350 ފައިސާ ފޮތި". ފެންކަޅިވެލާފައި ބޫޓް ހަދައިމީހާ ކިޔާދިނެވެ.
"ދެން އަހަރެން ހައްޖުގެ އަޅުކަމަށް ދާން ތައްޔާރުވިތަނާ، އަހަރެންނަށް އެގުނީ މަގޭ އަވަށްޓެރީން ތިބީ ނުކައި ނުބެއެކަން. އެހެންކަމުން އަހަރެން އެއްކުރި ފައިސާކޮޅު އެމީހުންގެ މެދުގައި ސަދަގާތްކޮށްލީ"
މިއީ ކުރު މޯޓީވޭޝަނަލް ވާހަކެއެކެވެ.