އަޅުގަނޑާއި ދެބެންގެ ދެދަރި ކޮއްކޮއެއްގެ ފޭސްބުކް ފާރުގައި އޮތް ލިޔުމެއް (ތިރީގައިވާ ފޮޓޯ) ، ފެނިގެން އެކިޔާލާފައި އަޅުގަނޑަށް ތަންކޮޅެއް ކުރީން އިވުނު ވާހަކައެއްގެ މަތިން ހަނދާވެ، އެވާހަކަ ހިއްސާ ކޮށްލާނަމޭ ހިތަށް އެރީއެވެ.

އޮސްޓްރޭލިއާގެ އަވަށެއްގައި އުޅުނު ދަނޑުވެރިއެކެވެ.

18 ވަނަ ޤަރުނުގައި ދުނިޔެއަށް އައި ސިނާއީ އިންޤިލާބާއި ގުޅިގެން ގިނަ މަސައްކަތްތައް މެޝިނަށް ބަދަލަުވަމުންއާ ދުވަސްވަރެވެ. އެކަމަކު މިދަނޑުވެރިޔާ ދަނޑުވެރިކަން ކުރަމުން އައީ ހަމަ ކުރިންވެސް އޭނާއަށް ދަސްވެފައި ހުރި ގޮތަށެވެ. އަސްގާޑީއާ ބޭނުންކޮށްގެންނެވެ.

މިދަންޑުވެރިޔާގެ އުމުރުން ދުވަސްވެ ގައިންބާރުދެރެވެފައި ވަނިކޮށް މީނާ ގެންގުޅުނު އަސްމަރުވެއްޖެއެވެ. އާނމުދަނީ ހޯދަން ކުރަން އިނގޭ އިތުރު އެހެން މަސައްކަތެއް ނެތެވެ.

އަތްމަތީގައި ހުރީ ގުދަންކުރެވިފައި ހުރި ކާބޯތަކިކޮޅަކާއި ފުރާވަރަށް އަރާފައި ހުރި ފިރިހެންދަރިއެކެވެ.

އަވަށުގެ އަހުލުވެރިންނަށް މިކަން އެނގުމުން އެމީހުން ބުންޏެވެ. ހާދަދެރެދޯއެވެ. ދަނޑުވެރިޔާގެ ޖަވާބީ، އިނގިދާނެތާއެވެ. އަހަރެން ބަލާނެމެވެ.

އަވަށުމީހުން މިދަނޑުވެރިޔާގެ ހާލަތަށް ހަމްދަރުދީވެ، ހުރިހާ އެންމެން ސައްލާކޮށް އޭނާގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ނޫކަށިއަރާވަރުގެ ޒުވާން އަހެއް ހަދިޔާއަކަށް ދީފިއެވެ.

އަވަށުގެ އަހުލުވެރިން ބުންޏެވެ. މިވީކިހާ އުފާވެރިކަމެއްތާދޯއެވެ. ދަނޑުވެރިޔާގެ ޖަވާބަކީ، އިނގިދާނެތާއޭ، އަހަރެން ބަލާނެމެވެ.

ލިބުނު ޒުވާން އަސް ބޭނުންކޮށްގެން ދަނޑުވެރިޔާއާއި އޭނާގެ ދަރިފުޅު ދަނޑުގޮވާންކުރަން ފައްޓައިފިއެވެ. ދެ ދުވަހެއް ފަހުން އެއްކަލަ ޒުވާން އަސް ކުރީގެ މުސްކުޅި އަސް ބޭއްވި ބާކޮށިގަނޑު ފަޅާލައިގެން ފިލާ ރައްކާވެއްޖެއެވެ.

އަވަށުގެ އަހުލުވެރިން ބުންޏެވެ. ހާދަހާވާ ދެރައޭ ދޯއެވެ. ދަނޑުވެރިޔާގެ ޖަވާބަކީ، އިނގިދާނތާއޭ، އަހަރެން ބަލާނެމެވެ.

އަސް ރައްކާވެގެން ދިޔަތާ ދެތިން ހަތަރުދުވަހެއް ފަހުން، އެއުމުރުގެ އިތުރު ދެއަސް ގޮވައިގެން އެއްކަލައަސް އަތުވެއްޖެއެވެ.

އަވަށުގެ އަހުލުވެރިން ބުންޏެވެ. މިވީ ކިހާ އުފާވެރިކަމެއްހެއްޔެވެ، ހާދަރަނގަޅޭދޯއެވެ. ދަނޑުވެރިޔާގެ ޖަވާބަކީ، އިނގިދާނެތާއޭ، އަހަރެން ބަލާނެމެވެ.

މިހާރު ދަނޑުވެރިޔާ އަތުގައި ތިންއަސްއޮވެއެވެ. ދަނޑުވެރިޔާ އަތުގައި ފޮރުވާފައި ހުރި މަދު ކާނާކޮޅުން މިތިން އަހަށްވެސް ކާންދޭންޖެހޭތީ ކާނާ ދަނީ މަދުވަމުން ހުސްވަމުންނެވެ.

މަސައްކަތަށް ބޭނުންވާވަރަށް ވުރެން ގިނައިން އަސްހުރުމާއެކު، އަވަށުގެ އަންހެންކުދީންނަށް ފޮނިދައްކާލަންވެސް ބޭނުންވާތީ ދަނޑުވެރިޔާގެ ޒުވާން ދަރިފުޅު މިތަނުން އެންމެ ރީތި އަހަށް އަރައިގެން އަވަށުތެރޭ ބުރުޖަހަނިކޮށް އަހުންވެއްޓި ފައިބިނދިއްޖެއެވެ.

ދަނޑުވެރިޔާގެ ދަރިފުޅު ފަޔަށް ފަރުވާކުރުމަށް އޮއްޓުއަޅައިގެން އަރާމުކުރަން އޮންނަންޖެހިއްޖެއެވެ.

ދަނޑުވެރިޔާގެ މަސައްކަތަށް އެހީވާން ހުރި ހަމައެކަނި މީހާގެ އެހީތެރިކަމުން މިވަޤުތަށް މަހުރޫމްވީއެވެ.

އަވަށުގެ އަހުލުވެރިން ބުންޏެވެ. ހާދަދެރެއޭދޯއެވެ. ދަނޑުވެރިޔާގެޖަވާބަކީ، އިނގިދާނެތާއޭ، އަހަރެން ބަލާނެމެވެ.

ދުވަސްވަރަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ސަރުކާރުން ހަނގުރާމައަށް ބޭނުންވާ މިހުންނާއި ތަކެތި ހޯދުމަށް ރަށުތެރޭގައި ދަތުރުކުރަމުން އައިސް ދަނޑުވެރިޔާ ހުރި އަވަށަށްވެސް އަތުވެއްޖެއެވެ.

އަވަށުގެ ހުރިހާ ޒުވާނުން ހަނގުރާމައަށް ގެންދަން ނަން ނޯޓްކުރެވިއްޖެއެވެ. ދަނޑުވެރިޔާގެ ދަރިފުޅު ބަލިވެއޮތީމާ ހަނގުރާމާގައި ބައިވެރިނުކުރެވުނެވެ. ނަމަވެސް ދަނޑުވެރިޔާއަތުގައި އޮތް ތިން އަސްތެރޭން ދެ އަސް ސަރުކާރަށް ނަގައިފިއެވެ. ދަނޑުވެރިޔާގެއަތުގައި ބޭނުންވާވަރަށް ވުރެ އިތުރަށް ކާނާ ނެތީމައި ކާނާއެއް ނުގެންދެއެވެ.

ހިތާމައާއި އުފާވެރިކަން، ފަހަރަކު ކަމެއް އަންނަމުން އައިސް އެންމެ ފަހުން ދަނޑުވެރިޔާއަށް މިއާދެވުނީ އެންމެ ކުރިންވެސް ހުރި ހާލަތަށެވެ.

އަވަށު މީހުން މިހެންވީމައި ބުނާނީ ކީކޭބާއެވެ. ދަނޑުވެރިޔާ އަދިވެސް ހުރީ ބަލާށެވެ.

މިވާހަކައިން ދޭހަވަނީ ކޮންކަމެއްތޯ؟.

ދުނިޔޭގަ އުޅޭއިރު އަހަރެމެންނާއި ހިތާމައާއި އުފާވެރިކަން ކުރިމަތިވަމުން ދާނެއެވެ. އެއްވެސް ކަމަކީ ތާއަބަދަށް ހުންނާނެ ކަންކަމެއް ނޫނެވެ. މިތަރުތީބުންކަން ހިނގާކަން އެނގޭއިރުވެސް، ހިތާމައެއް ކުރިމަތިވީމަ އެއިން އަރައިގަނެވެނީ ކިތެންމެ ޒަމާނެއް ފަހުންނެވެ. ހަޤީޤަތުގައި އަހަރެމެންގެ ދިރިިއުޅުމަށް މިދެމެހްމާނުންވެސް ޒިޔާރަތް ކުރާނީ ދާދި ހަމަހަމަކޮށެވެ. ވާގޮތަކީ ހިތާމަ، ގޭދޮރުން އެތެރެއަށް ގިރާކުރާ ހިސާބުން އެއަށް މާބޮޑަށް މެހްމާންދާރީ އަދާކުރެވެނީއެވެ. އެހެންކަމުން ހިތާމަ ފިލައިގެންދާން ގިނަދުވަސްވަނީއެވެ. ހިތާމަ އަހަރެމެންނާއި ކުރިމަތިވީމައި ބަލަންވީ އަވަހަށް ހަޔާތުން އެބޭރުކުރެވޭތޯއެވެ.

ބައެއްމީހުން ޤަބޫލުކުރާގޮތުގައި ދުނިޔޭގައި އުޅެފައިވާ މޮޅެތި މީހުންނަކީ ހިތާމަތަކާ ބުރަޔާއި ތުރާ ތެރޭގައި އުޅެފައި ތިބިބައެކެވެ. އެހެންވީމާއި، މޮޅެތި މީހުން އުޅެފައި ހުރިގޮތަށް، އެމީހުން ތަހަންމަލު ކުރިފަދަ ކަންކަމުގެ ތެރޭން އަހަރެމެންވެސް ދަތުރުކޮށްލަންޖެހެނީއެވެ. މޮޅުގޮތަކީ އެއީއެވެ.

މޮޅުވުމަށްޓަކައި، ގަދަރުވެރިވުމަށްޓަކައި އެފާވެރިކަން ހޯދުމަށް އެހެންބަަޔަކު ކުރި ތަޖްރިބާތަކެއް އަހަރެމެން ތަކުރާރުކުރާކަށް ނުޖެހެއެވެ. އަދި މީހުންގެ ސަމާލުކަން ހޯދުމަށްޓަކައިވެސް ހިތާމަ ދިގުދަންމަންވެސް މުހިއްމެއްނޫނެވެ.

ހޮލީވުޑްގެ މައްޝާުރު ފިލްމްސްޓަރ ޖެނިފަރ އެނިސްޓަން 2005ގައި ވެނިޓި ފެއަރ މެގަޒިންއަށް ދިން އިންޓަވިއުގައި ބުވެފައިވަނީ ' މަައްސަލާގެ 98%އަކީ އަނެއްފަރާތުގެ ކުށެއްކަމުގައިވިޔަސް 2%އަކީ އަހަރެން ފޯކަސްކޮށް ޒިންމާނަގަން ޖެހޭކަމެެއްކަމުގައެވެ. އަހަރެމެންނަށް ސާފުކުރެވޭނީ މަގުގެ އަހަރެމެންގެ ފަޅިއެވެ..

އަހަރެމެންގެ ގެއަށް އުފާވެރިކަން ވަންނަ ހިނދު އެކަން ބީވެގެން ދިޔަނަނުދީ ހިފެއްޓޭތޯބަލަން ވީއެވެ. މިކަންކުރަން ސަމާލުކަން ދެވޭތޯ ބަލަންވީއެވެ.