ހިޔަނި ބޭންޑްއިން އެ ބޭންޑްގެ އަލްބަމް 'އެއްކަލަ ގޮލާ' ލޯންޗްކުރުމަށް 3 މޭ 2013ގައި ތާޖުއްދީން ސްކޫލު ހޯލުގައިވަނީ ވަރަށް ތަފާތު ކޮންސެޓްއެއް ބާއްވާފައެވެ. މިކޮންސެޓްގެ މަފްހޫމް ރާއްޖޭގެ މާހައުލަށް ވަރަށް ކަމުދާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އަދި މިސްޓައިލް ވާގައި ހިފާފިނަމަ ރާއްޖޭގައި ކޮންސެޓްއަށް ދިޔުމުގެ ލައިފްސްޓައިލް އެއް އުފެދުމަކީ ގާތްކަމެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުން ހިޔަނި ބޭންޑު އެކުލަވާލެވުނީ 2008ގައެވެ. އެންމެ ފުރަތަމަ ބޭންޑެއް ގޮތުގައި މަސައްކަތްކުރުމަށް ހިޔާލު ފެށިގެން އައި ރަހެމަތްތެރިއެއްގެ ކައިވެނި ސައެއްގައި ދިން ޝޯއަކުންނެވެ. މިބޭންޑްގެ ހުރިހާ މެންބަރުނަކީވެސް ޕާރޓް ޓައިމް މިޔުޒިކް ކުޅުންތެރިންނެވެ.
މިފަހުން، ހިޔަނި ބޭންޑްމިވަނީ މީޑިއާގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވާތަން ފެނިފައެވެ. ރޯޑިއޯ ޝޯއަކުން ބޭންޑް ލައިވްކޮށް މިޔުޒިކް ކުޅުނު އަޑު، އަޅުގަނޑު އަޑުއެހީމެވެ. އަދި ހެޔަންބޯ ޝޯއަކުން ހިޔަނި ބޭނޑް ފެނުނެވެ.
ރޭގައި (3 މޭ 2013)ހިޔަނި ބޭންޑްއިން ދިން ކޮންސެޓް އަޅުގަނޑަށް ކަމުދިޔަ ދެތިން ކަމެއް އެބައޮތެވެ.
ޝޯރާވައި ލެވިފައިވަނީ އަޅުގަނޑުމެން އުމުރުގެ މީހުނަށް ވަރަށް ކަމުދާ ކަހަލަ ގޮތަކަށެވެ. ކޮންސެޓްގެ މާހައުލު ހުރީ ބޭންޑު މިއުޒިކް އާއި އެއްގޮތަށް ހަމަޖެހިލައިގެން އިށީދެގެން އަޑުއަހާލެވޭކަހަލަ ގޮތަކަށް ފަރުމާކުރެވިފައެވެ.
އެންމެ ފުރަތަމަ ކޮންސެޓްއަށް އޮތް ތަނުގެ ދޮރުމަތިން ފެށިގެން ހޯލައި ހަމަށް މަގުދައްކާނެ ކުދިން ތިއްބެވެ.
ކޮންސެްޓްއޮތް ހޯލް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ސީޓިން ހުރީ ޑިނަ ސްޓައިލްއަށް މޭޒުޖަހާފައެވެ. މޭޒުތަކުގެ މަތީގައި ހުރީ ކެންޑުލް ބައްތި ދިއްލައި އަލިކުރެވިފައެވެ. ކޮންމެ މޭޒެއްކައިރީ ހުރީ ހަތަރުގޮޑިއެވެ.
ހޯލްގެ ލައިޓިން އާއި ސްޓޭޖްގެ ލައިޓިން ހުރީ ވަރަށް ވެސް ފުރިހަމައަށް ޝޯއެއްގެ ހައިބަތު ފެންނަގޮތަށް އަލިކުރެވިފައެވެ.
ހިޔަނި ބޭންޑްގެ މިޔުޒިކް ފެއްޓުމާއެކު ފިނިބުއިން މޭޒަށް ސާވްކުރެވުނެވެ. އަދި ޝޯކުރިއަށް ދިޔައިރު ސަލްސާ ކޭޓަރިންގެ ޝޯޓް އީޓް ދިޔައީ ޝޯ ނިމެންދެން ސާވް ކުރަމުންނެވެ.
ޝޯގެ ހުރިހާކަމެއްވެސް ހުރީ ތަފާތުކޮށް ފުރިހަމަކޮށެވެ. އިތުރު ހައިރާންކަމެއް ލިބިގެން ދިޔައީ ޓިކެޓްގެ ނަސީބު ނަންބަރުތަކަށް ލިބެމުން ދިޔަ ގިނަ ހަދިޔާތަކެވެ. ޗައިނާ ދަތުރެއްގެ ދެކޮޅު ޓިކެޓާއި، ހޯމް ތިއޭޓަރ ސިސްޓަމްއެއް، މިކްސަރު ފަދަ ބައެއް ތަކެތި ވަނީ ޝޯގެ ބެލުންތެރިންނަށް ބަހާފައެވެ.
ދެން އޮތީ ޝޯގެ އެންމެ މުހިންމު ކަންތަކެވެ. ބޭންޑުގެ މިޔުޒިކެވެ. ހުރިހާ ލަވައެއްވެސް އަޑު އަހާލަން ފަސޭހައެވެ. މުޔުޒިކްގެ އަޑު ގަދައެއް ނޫނެވެ. މޭޒުކައިރީގައި ތިބި މީހުނާއި ވާހަކަ ދައްކަމުން މިޔުޒިކް އަޑުއަހާލަން އެއްވެސް ދަތިކަމެއް ނެތެވެ. ހުރިހާ ލަވައަކީވެސް ބޭންޑުގެ އަމިއްލް ރާގުގެ ދިވެހި ލަވައެވެ.
އެހެންވީމައި މިކޮންސެޓްއަކީ
އާއިލާއެކީ ނޫނީ ރަހްމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލަން ފަރުމާ ކޮށްފައިވާ މާހައުލެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުއެވެ.
ކޮންސެޓް ނިންމުމަށްފަހު ޝޯގެ ޓިކެޓްފައިސާއަށް ލިބުނު 25000ރ ވަނީ ކެއަރ ސޮސައިޓީއަށް ހަދިޔާކޮށްފައެވެ.
މިޝޯގައި ހިޔަނި ބޭންޑްގެ އަލްބަމް 'އެއްކަލަ ގޮލާ' ވަނީ ވުޖޫދުކުރެވިފައެވެ. މިވަޤުތު މިއަލްބަމް ލިބެންހުންނާނީ އޯޑިއޯ މާރޓްއިންނެވެ. އަދި އެހެން ފިހާރަތަކުން ވިއްކޭނެ އިންތިޒާމް ހަމަޖެހުމުން މިމައުލޫމާތު ހިޔަނި ބޭންޑްގެ ފޭސްބުކް ޕޭޖުން www.facebook.com/hiyaniband އިގެން ހުންނާނެއެވެ.