ޕެނަމާގައި ސިޔާސީ އަދި އަސްކަރީގޮތުން ވަރުގަދަ ޚުދުމުޚްތާރު ވެރިޔާ ނޮރިއޭގާގެ އުނދަގޫ ބޮޑުވެގެން އެމެރިކާގެ ސިފައިން ޕެނެޕާއަށް ފޮނުވީ 1989ގައެވެ. އެމެރިކާ ސިފައިންގެ ހަމަލައާއި ގުޅިގެން ނޮރިއޭގާ ފިލައިގެން އުޅުމަށްފަހު އެންމެފަހުން ވަނީ ނަސޯރާ ފައްޅިއަކަށެވެ. އެތަނަކީ ވެޓިކަންގެ އެންބެސީއެއްކަމުން އެމެރިކާ ސިފައިނަށް އެތަނަކަށް ވަދެ ގަންނާކަށް ނުކެރުނެވެ.
ނޮރިއޭގައި އެތަނުގައި އޮތަ ނުދިނުމަށް، އެމެރިކާ ސިފައިން ހެދި ގޮތަކީ ބޮޑެތި ސްޕީކަރުތައް ފައްޅިވަށައިގެން ބައްޓާގެން ކަންފަތް ބައްވާވަރަށް ލަވަޖަހަނީއެވެ.
ލަވާގެ އުނދަގޫ ބޮޑުވެގެން ނޮރިއޭގާ އެންމެފަހުން އެމެރިކާ ސިފައިނަށް އަމާންދިނީއެވެ.
އަޅުގަނޑު އިހަކަށްރޭ ރައްޓެއްސެއްގާތަށް ޒިޔާރަތްކޮށްލީމެވެ. އެގެއަށް ވަދެލިތާ، އިރުކޮޅެއްނުވަނީސް ގަދަފަދައަށް ލަވަ ޖަހާއަޑު އިވެން ފަށައިފިއެވެ.
ރަނގަޅަށް ވިސްނައިލިއިރު، މިއީ އަޅުގަނޑު ރަޙްމަތްތެރިޔާގޭ ކުރިމަތީ ހުރި ކެންޕޭން ޖަގަހައިން ޖަހާ ލަވައެވެ.
ނޮރިއޭގާއަށް ދިމާވީގޮތަށް ލަވައިގެ އަޑުގަދަ ކަމުން އަޅުގަނޑަށް ޖެހުނީ ރަޙްމަތްތެރިޔާގެ ގެ ދޫކޮށްދާށެވެ.
އަޅުގަނޑު ހިތަށް އެރީ ކެންޕޭން އަޅުގަނޑުމެނަށް ވިސްނުންތެރިކަމާއި، ކުޅަދާނަކަމާއި، ތޫނުފިލިކޮށް ނުކުރޭވޭނެ ބާއެވެ.
ހަމަ ކޮންމެހެން ބޭނުންކަމެއް ކަމެއްބާއޭ، ތަންތަން ކޮޅުގައި ބާރަށް ލަވަޖަހާފައި، މަގުގެ ހުރަހަށް ވާދައަށް ދިދަ ދެމުމަކީ - މިކަމުން ދިމާވައި އާންމު އުންދަގޫ ކުޑައެއް ނޫނެއްނޫންތޯއެވެ.