ކަނޑުވި ދެމީހަކު، ސަލާމަތް ވެގެން އެރުނީ ފަޅު ރަށަކަށެވެ. ދެމީހުން ގަސްތު ކުރީ ރަށުގެ ދެފާރާތުގައި ވަކިވަކީން އުޅޭ ށެވެ. އެކަކު އުތުރު ފަރާތު ގައެވެ. އަނެކަކު ދެކުނު ކޮޅުގައި އުޅޭށެވެ.

ރަށުގެ ހުރިހާ ތިޔާގި ކަމެއް ހުރީ ރަށުގެ ދެކުނު ފަރާތުގައި އެވެ. ހުރިހާ މޭވާ ގަސްތަކާއި ފަލަ މަޑީގެ ބާވަތް ތައް ހުރީ ދެކުނު ފަރާތު ގައެވެ. އަދި މަސްވެރި ކަން ވެސް ރަނގަޅީ ދެކުނު ފަރާތުގައި އެވެ.

ރަށުގެ އުތުރު ފަރާތުގައި ތިޔާގި ކަމެއް ނެތެވެ. އިސާހިތަކު އުތުރު ފަރާތުގައި އުޅޭ މީހާ ބަލިވާން ފަށައިފި އެވެ. އަދި އޭނާ ބަޑަށް ހާންތިވެ ވަރު ދެރަވެއްޖެ އެވެ.

ދެކުނު ފަރާތުގައި އުޅޭމިހާ އެއް ރެއަކު ނިދާފައި އޮއްވައި، ހުވަފެނު ގައި މަލާއިކަތް ބޭކަލަކު އޭނާ ކައިރިއަށް އަތު ވެއްޖެ އެވެ.

މަލާއިކަތް ބޭކަލާ އެމީހާ އަށް އެއްޗެއް ވިސްނާ ދެއްވައިފި އެވެ.

އެމީހާ ކައިރީ ބުނެދެއްވީ މިކަމުން ސަލާމަތްވޭތޯ ކަލޭ ދުޢާ ކުރާ ފަދައިން އުތުރު ފަރާތުގައި ހާންތިވެފައި، މިހާރު އެއޮތް މީހާވެސް ސަލާމަތް ކުރައްވާތޯ މާތް ﷲއަށް ދުޢާ ކުރާ ކަމަށެވެ. އަދި އޭނާގެ ދުޢާގައި ކަލޭ ވެސް މަރުން ސަލާމަތް ކުރައްވާ، އެނބުރި ޤައުމަށް ދެވޭތޯ ދުޢާ ކުރާ ކަމަށެވެ.

އުތުރު ފަރާތުގައި އެއޮތް ކަލޭފަދަ އިންސާނާ އެހެން އޮވެ ނިޔާވެއްޖެ ނަމަ، ކަލެއަށް ތިލިބޭ ނިޢުމަތް ލިބެމުން ދާނެ ކަމާމެދު ވިސްނުމަށެވެ. އެއީ މިހާރު ލިބެމުން ދާ ނިޢުމަތް ލިބެމުން ދަނީ އޭނާގެ ވެސް ދުޢާގެ އެހީގައި ކަމުގައި ވާތީ އެވެ.

އެކަކަށް ލިބޭ ނިޢުމަތް ލިބެނީ އެހެން މީހުންގެ ވެސް ދުޢާއިން ކަން ހަދާން ކޮށްދެއްވި އެވެ.

މިއީ ކުރު ޚިޔާލީ ވާހަކަ އެކެވެ. މާދަމާ މީ ރޯދަމަސް އެވެ. އަޅުކަމުގެ މޫސުމު އެވެ. ކުރާ ދުޢާގައި ގިނަ މީހުން ހިމަނައި ގެން ކުރާ ދުޢާ އިޖާބަ ކުރެއްވުން އަވަސް ވާނެ ކަމަށް ދީނީ ދަންނަ ބޭކަލުންގެ ލިޔުން ތަކުން ފެނެއެވެ.