ހިދްމަތް ލިބިގަންނަމިހާ ބޭނުންވާ ގޮތަށް ހިދްމަތް ނުދެވުމުގެ އެންމެ ބޮޑު ސަބަބަކީ ކަސްޓަމަރުން ގެންލިދާނެކަމުގެ ބިރަށް ހިދުމަތް ދޭފަރާތުން އާއެކޭބުނުމެވެ.

މިކަމުގެ ލާމަސީލު މިސާލު ފެންނަންހުރީ ފަހާ ތަންތަނުންނެވެ. ކަސްޓަމަރު ނިންމަން ބޭނުންވާދުވަހަށް ތަކެތި ފަހައިނިންމައިދޭނެކަމުގެ ޔަގީންކަންދޭނެއެވެ. އެއްބަސްވިދުވަހު ތަކެތިބަލާދާއިރު ތަކެތި ހުންނާނީ އަދި ނުނިމިއެވެ.

ބައެއް ކަހަލަ މަސައްކަތްތައް ގޭގެއަށް އައިސް ކޮށްދޭ ފަރާތްތަކުގެ އަމަލުތައް މިހެން ހުންނަތަން މިހާރު އެބަފެނެއެވެ.

ގޭގެ މަސައްކަތްގަޑެއް ފައްޓަފާނެއެވެ. ނިންމަންބުނާ ދުވަހަކަށް ނުނިމެއެވެ. ގެތޭރޭގައި މަސައްކަތްގަޑެއް ފައްޓާ ނުނިމި ހުންނާތީ މަސައްކަތް ހަވާލުކުރި ފަރާތަށް އެތަށް އުނދަގުތަކެއް ފޯރައެވެ. އެހެންކަމުން އޭނަގެ ޝަކުވާ ބޮޑުވެ، ދެފަރާތުގެ ނުތަނަވަސްކަން އިތުރުވާންފަށައެވެ.

ވާގޮތަކީ އެއްފަހަރާ ގިނަ މަސައްކަތްތަކެއް ހަވާލުވެގެން އުޅޭތީ މަސައްކަތްދިން ހުރިހާ ފަރާތްތަކަސްވެސް މަސައްކަތް ކުރިއަށްދާކަން އެބަ ދައްކަންޖެއެވެ. މަސައްކަތްކުރަން ހުރި ވަސީލަތްތައް ހުރީ ހަމައެއްވަރަކަށެވެ. އެހެންވެގެން ކޮންމެ ތަނެއްގައިވެސް ދަންފަޅިއެއްގެ މަސައްކަތްކޮށްލަނީއެވެ.

ވިޔަފާރި ގެއްލިދާނެ ކަމުގެ ބިރަށް އާއެކޭ ބުނެގެން އިތުބާރު ގެއްލުމަށްވުރެން ނޫނެކޭ ބުނުން ވިޔަފާރިއަށް މާރަނގަޅުވާނެއެވެ. ނުވަތަ ޔަގީނުންވެސް ނިންމައިދެވޭނެ ތާރީހެއް ބުނުން މާ އެދެވިގެންވެއެވެ.

ކަސްޓަމަރަށް ހިދްމަތްދޭން ބުނާދުވަހަށް މަސައްކަތް ނުނިންމޭނެނަމަ އެނާއަށް އޮޅުވާލާގެން މަސައްކަތް ހޯދުމުން އަނެއް ފަހަރު އޭނަގެ ފަރާތުން ވިޔަފާރި ލިބިދާނެކަމަށް އުންމީދުކޮށްގެންނުވާނެއެެވެ.

ދުރު މުސްތަގުބަލުގައި ވިޔަފާރިއަށް ފައިދާ ބޮޑުވާނީ އެވިޔަފާރިއަކަށް ސަކޭގާވާވަރަށް ކަސްޓަމަރުން ދަމަހައްޓަމުންގެންދިއުމެވެ.