ވަފާތެރި ކަސްޓަމަރުންތަކެއް ހޯދާއި އެމީހުން ދެމެހެއްޓުމަށްޓަކައި ވިޔަފާރިއާ ކަސްޓަމަރުންނާއި ދެމެދު ގާތްގުޅުމެއް ގާއިމުކުރަންޖެހެއެވެ. މިކަން ކުރެވެން އޮތްމަގަކީ ކަސްޓަަމަރުން ވިޔަފާރީގެ ކިބައިން ލިބިގަންނަން ބޭނުންވައި ކަންކަމާއި މެދު އެމީހުންގެ ހިޔާލު ހޯދައިގަތުމެވެ.
ހިޔާލު ހޯދުމުގެ ކަންކަމަކީ ވަރަށް ފަސޭހައިންވެސް ކުރެވިދާނެކަންކަމެވެ.
• ކަސްޓަމަރުންނާއި އެކު ވީހާވެސް ގިނަވަގުތު ހޭދަކުރާށެވެ. ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ މުއައްޒަފުންނަސްވެސް ބާރުއަޅާފައި ބާއްވަންވީ ކަސްޓަމަރުންނާއި ގިނަގިނައިން ސީދާ ބައްދަލުކުރުމަށެވެ. އަދި މިއަށްވުރެ ވަކީން ރަނގަޅުކަމެއް ނޯންނާނެ ކަމަށް އެމީހުންނަށް ބޭނެދޭށެވެ. ވިޔަފާރިއެއްގެ ވަޤުތު އެންމެ ފައިދާ ހުރިގޮތެއްގައި ބޭނުންކުރެވޭނީ އެބައެއްގެ ކަސްޓަމަރުންނާއި އެކު ހޭދަކުރެވޭ ވަޤުތެވެ. ވަރަށް ގިނަ ވިޔަފާރިވެރިން ބުނާގޮތުންވިއްޔާ އެމީހުންގެ 50% ވަގުތު ހޭދަކުރަނީ ކަސްޓަމަރުންނާއި އެކުއެވެ.
• ހުރިހާ ކަސްޓަމަރުންނަކީވެސް ވިޔަފާރިއަށް މުހިންމުފަރާތްތަކެވެ. އެކަމަކު ކަސްޓަމަރުން ތެރޭންވެސް ހުނިޖަހާފައި ނެގޭ ހާއްސަ ކަސްޓަމަރުން ތިބޭނެއެވެ. މިދެންނެވި ހާއްސަ ކަސްޓަމަރުންނާއި ވިޔަފާރީގައި އިސްކޮށްއުޅޭ މުއައްޒަފުންނާއި މުއާމަލާތް ކުރެވޭނެ މަގެއް ތަނަވަސް ކޮށްދޭށެވެ. ވިޔަފާރި އޮފީހަށް މިފަދަ ކަސްޓަމަރުންނަށް ގިނަގިނައިން ދައުވަތު ދީ އެމީހުންނާއި މުއައްޒަފުނާއި މުއާމަލާތްކުރެވޭނެ މަގެއް ފަހިކޮށްދޭށެވެ. މީގެ ސަބަބުން އިތުރު މައުލޫމާތުތައް ބަދަލުކުރެވި، ފޮރުވިފައި ހުރި ހަގީގަތްތައް ދެނެގަނެވޭނެއެވެ. އަދި ކަސްޓަމަރުންނަށް އެމީހުންގެ މުހިންމުކަމުގެ އިހްސާސްވެ، ވިޔަފާރިއާއި ދޭތެރޭ އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ.
• ހުރިހާ ކަސްޓަމަރުންނާއި ސިދާ ބައްދަލުކުރަމަކީ އުނދަގޫކަމެކެވެ. އެހެންކަމުން އިންޓަނެޓްގެ ޓެކްނޮލޮޖީގެ ބޭނުން ހިފާގެން، ކަސްޓަމަރުންނާއި ގުޅުން ބަދަހި ކުރެވިދާނެއެވެ. އިޖްތިމާއީ ސައިޓްތުކުގެ ޒަރިއްޔާއިން ހިދްމަތުގެ މައުލޫމާތު ފޯރުކުރެވިދާނެއެވެ. އަދި އީމޭލު ފޭސްބުކްގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އަލަށް ތައާރަފުކުރެވޭ ހިދްމަތްތަކާއި އަންނަ ބަދަލުތައް އަންގަމުންގެންދެވިދާނެއެވެ.
ފުރިހަމަ ހިދުމަތަކީ ކަސްޓަމަރު ބޭނުންވާ އެއްޗެއް ބޭނުންވާ ވަގުތު ފޯރުކޮށްދިނުމެވެ. ކަސްޓަމަރުންނާއި މުއަމަލާތް ކުރުމުން ހަރަދު ކުޑަކުރޭވެނެ ކިތަންމެ ގޮތްތަކެއް ދެނެގަނެވޭނެއެވެ.
މިގޮތަށް ސަލާމަތްކުރެވޭ ހަރަދު ކަސްޓަމަރު ދައްކާއަގުން އުނިކުރެވޭނަމަ ވިޔަފާރި އިތުރަށް ވާދަވެރިވާނެއެވެ. ނަތީޖާއަކީ ހިދްމަތްލިބިގަންނަ ކަސްޓަމަރުން އިތުރުވުމެވެ.