މިއީ ކުރު ރިޕޯރޓްއެއް ލިޔެލަން އަޅުގަނޑު ތައްޔާރު ކުރި ސްކްރިޕްޓްއެކެވެ. މިސްކްރިޕްޓްއަށް ތައްޔާރުކުރި ވީޑިއޯވެސް ތިރީގައި ވާނެއެވެ.
އިންސާނުން ވަޒަންވެރިވާ ކޮންމެ ތަނަކުން އެހެން ދިރޭ މަޚްލޫގުން، ނެތިދެއެވެ. ނުވަތަ އެތަކެތި އެހެން ހިސާބުތަކަށް ހިޖްރަކުރެއެވެ. މިހެން ވަނީ އިންސާނުންގެ އަމަލުތަށްވެސް ހުންނަ ގޮތުން ކަމަށް ބެލެވެއެވެ.
ގުދުރަތީ ގޮތުން އަޅުގަނޑުމެންނަށް ދެއްވާފައިވާ މާހައުލު އިންސާނުން ބަދަލު ކުރީ ދުރަށް ވިސްނާގެންނެއް ނޫނެވެ. އަންނަން އޮތް ޖީލުތަކަށް ބަލައިގެން ނޫނެވެ.
ނަތީޖާއަކީ މިއަދު ތިމާވެއްޓާ ރައްޓެހި ކަންކަމަށް ސަމާލުކަން ދޭން މަޖްބޫރުވުމެވެ. ދުނިޔޭގައި އުޅޭ އެހެން މަހްލޫގުން ހިމާޔަތް ކުރުމަކީ އިންސާނީ ދަރިކޮޅުއަށް ފައިދާ ކުރާކަންކަން ކަމުގައި މިއަދު ދެނެގަނެވިއްޖެ އެވެ.
ދިވެހިންނަކީ އެންމެ ނާޒުކު ވެށީގައި ދިރިއުޅޭ ޤައުމުތަކުގެ ތެރޭގައި ހިމޭޭނޭނެ ރާއްޖެއްގައި އުޅޭ ބައެކެވެ.
ކޭންބުއިމުގެ އެންމެ މުހިން އެއް ބާވަތް ކަމުގައިވާ މަސް ހޯދަނީ އަޅުގަނޑުމެންގެ ކަނޑުތަކުންނެވެ. މަސްވެރިކަމުގެ ނަފާ ހޯދަނީ ކަނޑުނެވެ.
ފަތުރުވެރިކަން އަޅުގަނޑުމެނަށް ވިއްކެނީ ގޮނޑުދޮށާއި ކަނޑުގެ ރީތިކަން ދައްކާގެންނެވެ.
ފެންނަ މަންޒަރު ވަރަށް ތަފާތެވެ.
ޤައުމުގެ ވެރިކަން ކުރާރަށް ގޮޑުވާ ވަރަށް ކުނި އަޅެއެވެ.
އަހަރެމެން ބޭނުންކުރާ ގޮޑުދޮއްތަށް ހަޑިކުރެވެއެވެ.
ޖޫސްބޯ ހޮޅިއަކީ ރީސައިކަލް ނުކުރެވޭ އެއްޗެއް ކަމުގައި ބައެއް ފާރާތްތަކުން ބުނެއެވެ. މިތަކެތި އޮއެވަރާއެކު ކަނޑަށް ދިއުމުން ދެން ކުރެވޭނެ ކަމެއް ނޯވެއެވެ.
ޕްލާސްޓިކް މަހުގެ ކާނާ ޗޭނު ތެރެއަށް ވަނުންމުން، އެ ޕްލާސްޓިކް އެނބުރި އަޅުގަނޑުމެންގެ ކާނާގެ ޗޭނުތެރެއަށް ވަދެއެވެ.
މަގުމަތި ދުއްވާ އުޅަންދުގެ ފޮރޮޅުން ލޮލަށް ނުފެންނަވަރުގެ ރަބަރު މަގުގައި ހަރުލާފައި ހުންނާނެއެވެ. ވާރޭ ވެހުމުން މިރަބަރު ކޮޅުތައް ކާނުތެރޭން ގޮސް މޫދަށް ފައިބައިގެންދެއެވެ.
ކަންޑުގައި އުޅޭ މަސްތައް މިރަބަރުތައް ކާކަމަށްވެއެވެ. މަހަކީ އަޅުގަނމެންގެ ކާނާގެ ޗޭނުގައި ހިމެނޭ އެއްޗެކެވެ. އަޅުގަނޑުމެން ކެއުމުގައި ބޭނުންކުރާ މަހުގެތެރޭން އަޅުގަނޑުމެންގެ ހަށިގަނޑަށް މިރަބަރު ވަދެންގެން ދިއުމުގެ ފުރުޞަތު އޮވެއެވެ.
ހާއްޞަކޮށް ގޮނޑުދޮށަށް އަދި މޫދަށް ކުނި ނާޅާމާތީއެވެ. ރީސައިކަލް ކުރެވޭތޯ ބަލަމާ ހިންގަވާށެވެ.
https://www.youtube.com/watch?v=uvKCL58Th60&feature=youtu.be