ދިރިއުޅުމުގެ ކަންކަމަކީ އަބަދު އެއްގޮތަށް އޮންނަ ކަންކަމެއް ނޫނެވެ. ހަޔާތުގައި އުސްގަޑާއި އަޑިގަޑުތަކާއި ކުރި މަތިލާން ޖެހޭނެ އެވެ. އެއީ ޒާތީ ދިރު އުޅުން ކަމުގައިވިޔަސް، ވަޒީފާގެ މައިދާނުގައިވިޔަސް، އާނމުދަނީ ހޯދަން ކުރާ މަސައްކަތް ކަމުގައި ވިޔަސްމެވެ.

މިމޭރުމުން ހަޔާތުގެ ދުވަސްތައް ކަޑަތު ކުރަމުން ދާއިރު ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހޭނެއެވެ.

ދިރިއުޅުމުގެ އެއް މަރުހަލާ ނިމި އަނެއް މަރުހަލާ ފައްޓަން ޖެހޭ ދަނޑިވަޅުތައްވެސް އާދެއެވެ. އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުވުން، އާނމުދަނީ ލިބޭ އެހެން މަސައްކަތެއް ފައްޓަން ޖެހުން، ކާވެންޏެއްގެ ސިއްކަޖެހި އަނެއް ދިރިއުޅުން ފައްޓަން ޖެހުން؛ މިހުންނަނީ ދިރިއުޅުން ސުމަކުން ފައްޓަން ޖެހޭ ހާލަތްތަކެވެ.

ސުމަކުން ކަންކަން ފައްޓަން ޖެހޭ ހާލަތްތަކުގައި މާޔޫސްކަން އިހްސާސްކުރަން ޖެހުމާއި ކުރިއަށް ދިއުމުގެ ހިތްވަރު ބަލިވުމަކީ ވެދާނެކަންކަމެވެ.

މިފަދަ ހާލަތްތުގައި ބަލައިގަންނަންވީ ކަމަކީ ސުމަކުން ފައްޓައި ގަތުމަކީ ލިބޭ ފުރުޞަތެއް ކަމެވެ. އަޒުމް ކަނޑައަޅަންވީ މިލިބުނު ފުރުޞަތުގެ ބޭނުން ފުރިހަަމަ ގޮތުގައި ހުފުމަށެވެ.

މަސައްކަތް ސުމަކުން ފައްޓަންޖެހުނު ސަބަބަކީ ތިމާގެ ފުށުން އެންމެ އިންސަތައެއްގެ އިހުމާލު އޮތް ނަމަވެސް އެކަމުގެ ޒިންމާ އަމިއްލައަށް ނެގުމަށް ފަހަށް ނުޖެހޭށެވެ.

އަދި މިވަޤުތު ކުރިމަތިވެފައިވާ ގޮންޖެހުންމާއި ކެރިގެން ކުރި މަތި ލާށެވެ.