އަޅުގަނޑު ޕީއެސްއެމާއި 2018 ނިމުނުއިރު ހަވާލުވުމާއެކު ކުންފުނީގެ އޮޑިޓް ކުރުމުގެ މަސައްކަތް ކުރަން ފައްޓައިގަތީމެވެ. އެގޮތުން ކުންފުނީގެ އެކްސްޓަރނަލް އޮޑިޓް 2016، 2017، 2018 އަދި 2019ގެ އެކްސްޓަރނަލް އޮޑިޓް ނިންމައި މިހާރު  ކުރިއަށް ދަނީ 2020-2021 ވަނަ އަހަރުގެ އެކްސްޓަރނަލް އޮޑިޓް ނިންމުމުގެ މަސައްކަތްތައް ކުރަމުންނެވެ. މަސައްކަތްތައް މިހިސާބަށް އާދެވުނުއިރު ކުންފުނީގެ އިންޓަރނަލް އޮޑިޓް މަސައްކަތް ކުރިއަކަށް ނުދެއެވެ.

ކުންފުނީގެ އިންޓަރނަލް އޮޑިޓް ފަންކްޝަން މީގެ ކުރިން ނެތުމާއެކު އިންޓަނަލް އޮޑިޓް ނިޒާމެއް ގާއިމްކޮށް 18 މާރޗް 2021ގައި މުއައްޒަފުން އައްޔަންކޮށް އެމަސައްކަތްތައް ހަވާލުކުރެވުނު ނަމަވެސް އިންޓަރނަލް އޯޑިޓްގެ މަސައްކަތްތައް ރޭވިގެން ކުރިއަށް ގެންދިއަތަނެއް ނުފެނުނެވެ. އެ ޑިޕާޓްމަންޓުން ކުރެވިފައިވާ މަސައްކަތްތަކަކީ ކުރީގެ މެނޭޖްމަންޓުން މިކުންފުނީގައި ހިންގާފައިހުރި - ތަހްގީގުކޮށް ރިޕޯޓްތައްޔާރު ކުރެވިފައި ހުރި ރިޕޯޓްތައް އިތުރަށް ބަލާ ހޯދުމެވެ. މިމައްސަލަތަކަކީ ތަހްގީކޮށް ނިންމައި އެންޓިކޮރަޕްޝަންއަށް ފޮނުވިފައި ހުރު މައްސަލަތަކެކެވެ.

އިންޓަނަލް އޯޑިރ ޑިޕާރޓްމަންޓްގެ ޒިންމާގެ ތެރޭން ތައްޔާރު ކުރަން ޖެހޭ އޮޑިޓް ރިޕޯޓް ތައްޔާރުކުރެވިފައި ނެތުމުން މިކަން ޑިރެކްޓަރުންގެ ބޯޑުގެ ސަމާލުކަމަށް އަޅުގަނޑު ގެނައިމެވެ. އެގޮތުން އޮޑިޓް ރިޕޯޓް ތައްޔާރުކުރެވިފައި ނެތުމުން މިކަމުގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރީމެވެ. އަދި ރިޕޯރޓް ތައްޔާރުނުވާކަމާއި މަޖިލިހުގެ އިދާރާއިންވެސް ރިޕޯޓްތަކާއި ގުޅޭގޮތުން ސުވާލުކޮށްފައި ވުމާއެކު އަނގަބަހުން އަދި ލިޔެކިޔުމުން މިކަން އިންޓަރނަލް އޮޑިޓަރަށް ދެންނެވީމެވެ.    

ޑިރެކްޓަރުންގެ ބޯޑުން އިންޓަރަނަލް އޮޑިޓަރ ވަކިކޮށްފައިވަނީ ކުންފުނީގެ އޮޑިޓް މަސައްކަތް ކުރިއަށް ގެންދިއުން ހުއްޓާލުމުގެ ބޭނުމަކު ނޫނެވެ. އެފަދަ ރޫހެއް ނުވެސް ނެތެވެ. އިންޓަރނަލް އޮޑިޓަރ ވަކިކުރަން ނިންމަންޖެހުނީ އިންޓަނަލް އޯޑިޓް މަސައްކަތް ކުރިއަށް ނުގެންދެވޭތީއެވެ. ކުރިއަށް ނުގެންދެވެނީ އިންޓަނަލް އޯޑިޓަރަށް ނެގުނު ފަރާތަކީ ފުލްޓައިމްކޮށް މިނިސްޓްރީ އޮފް އެންވަރމަނޓްގައި މަސަައްކަތްކުރައްވާ ބޭފުޅަކަށްވެފައި ރަސްމީ ގަޑީގައި އޮފީހުގައި އުޅުއްވުން ދަތިކަމަށްވެއެވެ. މީގެ އިތުރުން އަޅުގަޑަށް ފާހަގަ ކުރެވުނު ދެކަމެއް ދަންނަވާލާނަމެވެ. މިބޭފުޅާއަކީ އޯޑިޓްކުރުމުގެ ތަޖްރިބާ ހުރި ބޭފޫޅެއް ނޫނެވެ. މިކަން އަޅުގަނޑަށް އެގުނީ މި ބޭފުޅާގެ ސީވީ ތަންކޮޅެއް ރަނގަޅަށް ބަލާލީމައެވެ. އަނެއް ކަމަކީ ޕީއެސްއެމްގެ ވަޒީފާގައި ހުންނަވާގެން މިބޭފުޅާވަނީ ސިޔާސާ ޕާރޓީއެއްގެ އިންތިހާބުގައި ބައިވެރިވެ ސިޔާސީ މަޤާމެއް ފުރުއްވަން ފައްޓަވާފައެވެ. މިއީ ކުންފުނީގެ ސިޔާސަތު ހުއްދަ ކުރާ ކަމެއް ނޫނެވެ. ސިޔާސީ ހަރަކާތެެއްގައި ޕީއެސްއެމްގެ އެއްވެސް މުއައްޒަފަކަށް ބައިވެރި ނުވެވޭނެއެވެ.

އިންޓަނަލް އޯޑިޓް މަސައްކަތް ކުރިއަށް ނުދާތީ އޭރު ވިސްނުނީ އޯޑިޓްގެ މަސައްކަތް މިހާރު އޮތްގޮތަށްވުރެ ރަނގަޅަށް ހަރުދަނާކުރެވޭނީ އިންޓަރނަލް އޮޑިޓް ފަންކްޝަން އައުޓްސޯސް ކޮށްގެން ކަމަށެވެ. އަދި މި މަސައްކަތް އެކަށީގެންވާ ދުވެލީގައި ކުރެވޭނެކަމަށް ގަބޫލު ކުރެވޭނީ އެގޮތަށް ކަމަށެވެ. މި ނިންމުން ނިންމުމުގެ ކުރިން ޑިރެކްޓަރުންގެ ބޯޑުންވަނީ އޮޑިޓް ފާރމަކާއި ބައްދަލުކޮށް އެކްސްޓަރނަލް އަދި އިންޓަރނަލް ފަންކްޝަންތަކާއި އޮޑިޓް ކަންތައްތައް ކުރިއަށް ގެންދިއުމުގެ ރަގަޅު އުޞޫލުތަކާއި ގުޅޭގޮތުންނާއި އަދި މި ކުންފުންޏަށް އެންމެ ރަގަޅުވާނެކަމަށް ބެލެވޭ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތާއި ލަފާވެސް ހޯދާފައެވެ. މިބައްދަލުވުންތަކަށް އިންޓަނަލް އޯޑިޓަރަށް ދެންނެވުނެވެ. ނަމަވެސް ވަޑައި ނުގަންނަވައެވެ.

ޕީއެސްއެމްގައި އިންޓަނަލް އޯޑިޓް ޑިޕާރޓްމަންޓް ފެއްޓީ ތިން މުއައްޒަފުން ލައިގެންނެވެ. ފަހުން އެކަކު ވިހެއުމެގެ ޗުއްޓީއެއް ނެގިއެވެ. މަސައްކަތް ކުރިއަށް ނުދާތީއާ އޯޑިޓް ޕްލޭނާއި ކުރިއަށް ރާވިފައި ހުރި ކަންތައްތަކާއި މެދު ސުވާލު އުފެއްދުމުން އެ ޑިޕާޓްމަންޓްގެ އޮނިގަނޑުގައި 5 މުއައްޒަފުން ހިމެނޭގޮތަށް މުއައްޒަފުން އިތުރުކުރުމަށް ހުށަހެޅިއެވެ. އެދިފައިވާގޮތަށް މުއައްޒަފުން އިތުރުކޮށްފިނަމަ އެ ޑިޕާޓްމަންޓްގެ މުއައްޒަފުންގެ މުސާރައިގެ ޚަރަދު ހަތްދިހަހާހަށްވުރެ ބޮޑުވެގެން ދެއެވެ. މިއީ ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓްމަންޓްގެ މުއައްޒަފުންގެ މުސާރައިގެ ޚަރަދަށް ހިގާވަރަށް ވުރެ ވެސް އިތުރު ޚަރަދެކެވެ. އަދި ފައިނޭންސް ޑިޕާރޓްމަންޓގައި ތިބެނީވެސް 5 މުއްޒަފުންނެވެ. އިންޓާނަލް އޯޑިޓް ކުރުން މިހާ މުއައްޒަފުން ބޭނުންވަނީ ކީއްވެތޯ؟ އެއީ ދެ މީހުންނަށް ނުކުރެވޭ ވަރުގެ މަސައްކަތެއް އިންޓަލް އޯޑިޓް ދީޕާރޓްމަންޓްގައި ހުރެދާނެ ކަމަށް ގަބޫލެއް ނުކުރެވެއެެވެ.

އަޅުގަނޑަށް ފެނުނީ މިއީ ކުންފުނިން މިވަގުތު ކުރަން ދަތި ޚަރަދެއްގޮތަށެވެ. ސަރުކާރު ޙިއްޞާވާ އެހެން ބައެއް ކުންފުނިތަކުގައި ވެސް އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރިއަށް ގެންދަނީ އައުޓްސޯސްކޮށްގެން ކަމަށްވާތީއާއެކު އައުޓްސޯސް ކުރުމުން މިޚަރަދު ދެގުނަ ކުޑަވާނެކަމަށް ބެލެވޭތީއެވެ. އަދި ދުނިޔޭގައިވެސް އިންޓަނަލް އޯޑިޓް އައުޓްސޯސްކޮށްގެން ކުރިއަށް ގެންދެއެވެ.

މިގޮތަށް ކަންކުރަން އުޅުމުން ޕީސީބީން ޤަބޫލެއް ނުވިއެވެ. އިލްތިމާސްކުރެއްވީ އިންޓަނަލް އޯޑިޓް ޑިޕާރޓްމަންޓެއް ކުންފުނި ތެރޭގައި ޤާއިމުކުރުމަށެވެ. ކުރިން ފަހަރު އިއުލާން ކުރިއިރުވެސް ތަޖްރިބާ ހުރި އޯޑިޓަރެއް ކުރިމަތި ނުލާފައިވާތީ އަދި އެހެން ކުންފުނުތަކުގައިވެސް އިންޓަލް އޯޑިޓަރުންގެ މުސާރައާ އެއްހަމައެއް ކޮށްދިނުމަށް ބަޖެޓްގައި ހިމަނާދިނުމަށް ޕީސީބީގައި އެދުނީމެވެ. އެފަރާތުން އަލުން އިއުލާން ކުރުމަށް ވިދާޅުވިއެވެ. އެހެން ކަމުން އިއުލާން ކުރުމުގެ އެމަސައްކަތް ކުރިއަށް ގެންދިއީމެވެ.

އަދި ޕީއެސްއެމްގެ ބޯޑު ގެ މެންބަރުން ހަމަނުވާތީ އިންޓަނަލް އޯޑިޓް ޑިޕާރޓްމަންޓް ގާއިމު ކުރުމަށް ހުރަސްތަކެއް ކުރިމަތެވެއެވެ. އެއީ ނޮން އެކްޒެކެޓިން އެންމެ މެނބަރެއް ހުރީތީއެވެ. ބޯޑް މެންބަރެއް ހަމަޖެއްސާދިނުމަށް އެދިގެން އުޅޭތާ މިހާރު އެތަށް މަސްތަކެއް ވެއްޖެއެވެ.

ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މަައްސަލަތައް

އަޅުގަނޑު ކުންފުންޏާއި ހަވާލުވިއިރު ނިންމާލަން އުނދަގޫވެފައި ހުރި މައްސަލަތަކެއް ފާހަގަކުރެވި މީގެ ތަހްޤީޤްތަކެއް ކޮށް އައު މެނޭޖްމަންޓް ހަވާލުވިތާ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި މައްސަލަތައް ތަހްްގީގުކޮށްވާނީ އޭސީސީއަށް ފޮނުވާފައެވެ. އަޅުގަނޑު ހަވަލުވިތާ 10 ދުވަސްވެސް ނުވަނީސް  މިމައްސަަލަތައް ހުރިކަމަށް ފާހަގަވުމުން ލިސްޓެއް ގޮތަށް  2 ޖެނުއަރީ 2019ގައި އެންޓި ކަރަޕްޝަނަށް ހުށަހެޅިމެވެ. އޭސީސީ އިޖާބަ ނުލިބުނީމައި ކުންފުނީގެ އެތެރޭގައި ތަހްގީގުކޮށް ރިޕޯރޓްތައް ތައްޔާރުކޮށް ސިދާ ކޮމިޝަނަރާއި ހަވާލު ކުރީމެވެ.

މި މައްސަލަތައް ކުރިއަށް ނުގޮސް ލަސްވަމުންދާތީ އަޅުގަނޑު ވާނީ އެންޓި ކަރަޕްޝަން ކޮމިޝަނަށް މި މައްސަލަތައް ކުރިއަށް ގެންގޮސްދެއްވުމަށް 03 ޖުލައި 2019ގައި ސިޓީއެއް ފޮނުވާފައެވެ.

އެސިޓީގައި މިކުންފުނިން ހުށަހަޅާފައިވާ މައްސަލަތައް ބައްލަވައި އަވަސްކޮށް ދިނުމަށް އެދިފައިވާނެކަމާއި އަދި އިތުރު ލިޔުންތަކެއް ބޭނުންވާނަމަ އަނގަވާލަދެވުމުމަށާއި އެއްބާރުލުން ދެއްވާނެކަމަށް ވެސް ދަންނަވާފައިވާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސްގެ އިދާރާއަށް މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ޙާޟިރު ވާންޖެހުނު ދުވަހެއްގައި މަޖިލިހުގައިވެސް މިވާހަކަ ވާނީ ދަންނަވާފައެވެ. އަދި 22 އޮކްޓޯބަރ 2020  މަޖްލިސްގެ އިދާރާއަށް މިމައްސަލަތަށް ކުރިއަށް ނުދާކަމަށް ހުށަހަޅާފައިވާނެއެވެ. އޭގެ ފަހުން 2 އަހަރު ވެގެން ދިޔައިރުވެސް މަޖްލިސުން އެއްވެސް ހަބަރެއް ނުވެއެވެ.

އަދި، ޕްރޮސެކިއުޓަރ ޖެނެރަލް އާއެކު މަޝްވަރާކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މެންޓޭޑްގެ ތެރެއިން މިކަން ކުރެވިދާނެތޯ އެންޓިކަރަޕްޝަން ކޮމިޝަން އަށް ބާރު އެޅުއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށްވެސް 14 ޖުލައި 2020 ގައި މި ލިޔެކިޔުންތައް ފޮނުވީމެވެ.

ކުންފުނީގައި ތަހްގީގު ކުރެވުނު ރިޕޯޓްތަށްވާނީ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައެވެ. އަދި މިރިޕޯޓްތަކުގެ މައްޗަށް އިންޓަލް އޯޑިޓަރު އޭނާގެ މަސައްކަތްކަމަށް ހަދައިގެން ނަކަލުކޮށް ތައްޔާރުކުރި ރިޕޯރޓްތަށް ވެސްވާނީ އެންޓި ކަރަޕްޝަން ކޮމިޝަނާއި ޙިއްޞާކުރެވިފައެވެ.

ކުންފުނީގައި ހިންގާފައި ހުރިކަމަށް ބެލޭވޭ ކޮރަޕްޝަންގެ މައްސަލަތަށް ކަމާބެހޭ އިދާރާތަކާއި ހަވާލު ކުރެވިފައި ވީނަމަވެސް ކުންފުނީގައި އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް އެކުލަވާލުމާއި ގުޅިގެން ޑިރެކްޓަރުން ބޯޑު މެދުވެރިކޮށް މިކަހަލަ މައްސަލަތަކެއް ހިގާފައިވާތީ އިތުރަށް މިކަހަލަ ކަންތައްތައް ތަކުރާރުވިޔަނުދިނުމުގެ ނިޔަތުގައި އޭގެ އިޖްރާތުތައް ޗެކްކުރުމަށް އެ ޑިޕާޓްމަންޓާއި ޙަވާލުކުރީމެވެ.

އެހެންނަމަވެސް ނިކުން ނަތީޖާއަކީ އިޖްރާތަށް ރަނގަޅުކުރެވޭނެ ގޮތްތަށް ބުނެދިނުމެއް ނޫނެވެ. ކުރިންވެސް އަޅުގަނޑުމެނަށް އެނގޭ މައުލޫމާތުތަކެއް ގެ މައްޗަށް ތަހްގީގު ހިނގި ވެރިފަރާތް ބަދަލުކޮށްލީއެވެ. މަސައްކަތް ކުރި ހައްޤު ފަރާތް އޮޅުވާލީއެވެ. މެޑަލް ޖެހީ އިންޓަލް އޯޑިޓަރެވެ.

މިކަން މިގޮތަށް ދިމާވީ އަޅުގަނޑުމެން މަސައްކަތް ކުރުމަށް އިންޓަނަލް އޯޑިޓރަގެ މަސައްކަތް ލުއިކޮށްދިނުމުގެ މަގްސަދުގައި ކުރިން ތަހްގީގު ކުރި ރިޕޯރޓްތަކުގެ ސޮފްޓްކޮޕީތަށްވެސް ފޯރުކޮށްދީފައިވާތީއެވެ. އެހެންވީމައި މަސައްކަތް ނިންމުމަށް ފަސޭހަވެގެން ދިއައެވެ. މިކަން އެގިގެންދަނީ ޝާއިއު ކުރިވިފައިވާ ރިޕޯރޓްތަކާއި ކުރިން ތައްޔާރު ކުރެވިފައި ރިޕޯޓްތަކުގައި ލިޔުމުގެ ތަފާތެއް ނުހުންނާތީއެވެ.

މީޑިއަމް ވޭވް ޕޮރޮޖެކްޓް

އަޅުގަނޑު މަޖްލިސަށް ހާޒިރުވި ދުވަހު ކުރެވުނު އެއް ސުވަލަކީ މީޑިއަމްވޭވް ޕްރޮޖެކްޓްގެ ވާހަކަ އެވެ. މިޕްރޮޖެކްޓަކީ އުމްރާނީ ހުރިހާ މަސައްކަތެއް ނިމި ޕްރޮކްޓްގެ 90% ނިމިފައިވާ ޕްރޮޖެކްޓްއެކެވެ. ޕްރޮޖެކްޓްގެ އަގަކީ 52މިލިއަންއެވެ. ޕްރޮޖެކްޓްގައި ބާކީ އޮތީ 18 މިލިއަނެވެ. ރާއްޖޭން އޮތީ މީޑިއަމްވޭވްގެ ސިގްނަލް ކެނޑިފައެވެ. ދިވެހި ރާއްޖޭގެ އަޑުގެ ހިދްމަތްދެމުން ދިޔައީ އެފްއެމް ޓްރާންސްމީޓަރުތަކެއް ބޭނުންކޮށްގެންނެވެ.

ޕީއެސްއެމްގެ މައިގަނޑު މެންޑޭޓަކި ރޭޑިއޯ ޓީވީ ސިގްނަލް ފޯރުކޮށްދިނުމެވެ. ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ގޮތަކާއި ގުޅޭގޮތުން އަޅުގަޑު މަޝްވަރާކުރީމެވެ. އަދި އަޅުގަޑަށް ލަފާލިބުނީ ބޯޑުން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ގަރާރެއް ފާސްކޮށްފައި އޮތްކަމެވެ. އަދި އޭސީސީން ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓްގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށް އަންގައިފައި އޮތެވެ. އެހެން ކަމުން ޕްރޮޖެކްޓްކުރިއަށް ގެންދިއުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް ލީގަލް ބޭފުޅުން ލަފާދެއްވިއެވެ. އެހެން ކަމުން އަޅުގަނޑު ޕްރޮޖެކްޓް ބޭފޫލުނާއި ޕީއެސްއެމްގެ އިންޖިނޭރުންނާއި ޕްރޮކްޓް ހިންގާ ފަރާތާއި އެކު ބައްދަލުކޮށް ކުރިއަށް ގެންދޭވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސީމެވެ. މިޕްރޮޖެކްޓްގެ  ބާކީ ފައިސާ އަދިވެސް އެބަހުއްޓެވެ.

އަދި މިއްސަލައާއި ގުޅޭގޮތުން އިންޓަނަލް އޯޑިޓަރު ތައްޔާރުކުރި ރިޕޯޓްތަށް ވެސްވާނީ ކަމާ ބެހޭފަރާތްތަކާއި ހިއްސާކޮށްފައެވެ.

އިންޓަނަލް އޯޑިޓަރު ތައްޔާރު ކުރި ރިޕޯޓްތައް 

މި ދެންނެވުނު ރިޕޯރޓްތައް ޑިރެކްޓަރުންގެ ބޯޑު މެދުވެރިކޮށް މެނޭޖްމަންޓަށް ލިބުނުއިރު ރިޕޯރޓްތަކުގައި ވަނީ މުއައްޒަފުންތަކަކަށް ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ. އިންޓަނަލް އޮޑިޓް ރިޕޯރޓްތަކެއްގައި ވަކި ގޮތަކަށް އަދަބު ކަނޑައެޅިފައި ހުރުމަކީ އިންޓަރނަލް އޮޑިޓް ރިޕޯރޓެއްގެ ސިފައެއްނޫނެވެ. ތަޙްޤީޤީ ރިޕޯރޓެއްނަމަ އެބައެއްގެ ކައިރީގައި އެވާހަކަ އަހައި އޮޅުންފިލުވުމަށް ސުވާލުކޮށް ހެދެންޖެހޭނެކަމަށް އަޅުގަނޑު ޤަބޫލްކުރަމެވެ. މިކަންކަމަށް އެ ރިޕޯރޓްތަކުގައި ރިއާޔަތްކުރެވިފައެއް ނެތެވެ.

މި މައްސަލަތައް ހިގާފައި މިވަނީ އަޅުގަނޑު ޕީއެސްއެމާއި ޙަވާލުވުމުގެ ކުރީގައެވެ. މިފަދަ ކަންކަމުގައި ކުރިންވެސް މި ކުންފުނީގައި ޢަމަލުކުރެވިފައި ހުރި ގޮތަކީ އެންޓިކަރަޕްޝަން ކޮމިޝަނުން މައްސަލަ ބަލައި އޭގައި ދަޢުވާ ކުރެވޭނޭ މަގެއް އޮތްތޯ ބަލައި އެބަޔަކާއި ދޭތެރޭ ދަޢުވާކޮށްފައިވަނީ ކޯޓް މަރުޙަލާގެ ތެރެއިންނެވެ. މިކަމުގައި ތުހުމަތު ކުރެވޭ ބައެއް މީހުންނަކީ މި ކުންފުނީގައި މިވަގުތު ވަޒީފާގައި ތިބި ބައެއްނޫނެވެ.

މުއައްޒަފުންނަށް ފިޔަވަޅު އެޅުމަށްޓަކައި ކުންފުނީގައި ހަދާފައި ހުންނަ ޤަވާއިދުތަކާއި އުޞޫލުތަކަށް މެނޭޖްމަންޓުންވެސް ތަބާއަވާންޖެހޭނެއެވެ. އެހެންކަމުން ފިޔަވަޅު އެޅުމަށްޓަކައި ކުންފުނީގައި ހުންނަ އިޖްރާއަތްތަކުގެ ތެރެއިން މިކަންކުރުމަށް އަޅުގަނޑު ހުށަހެޅީމެވެ. ސަބަބަކީ ކޮންމެ މީހަކަށްވެސް ފިޔަވަޅެއް އަޅާއިރު އެ މީހަކަށް އެކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދޭންޖެހޭތީއެވެ. އަދި މީހަކަށް ތުހުމަތުކުރެވުނަސް ޖަވާބުދާރީވުމުގެ ފުރުޞަތުދޭންޖެހެއެވެ. މިއީ އަޅުގަނޑު ޤަބޫލުކުރާ އުޞޫލެކެވެ. އަދި އެއަށް އިޙްތިރާމް ކުރަމެވެ. އަދި އެ ނަގަހައްޓަންޖެހޭ އުޞޫލެއް ކަމަށް ވެސް ޤަބޫލުކުރަމެވެ.

މި މައްސަލަތަކަކީ އެންޓި ކަރަޕްޝަން ކޮމިޝަނުން ބަލަމުން ގެންދާނެ މައްސަލަތަކެކެވެ. އެހެންކަމުން މި މައްސަލަތައް ބެލެވެނީ ކޯޓު މަރުޙަލާއަށްވެސް ދާނެކަމަށެވެ. ކޯޓު މަރުޙަލާއަށް މިމައްސަލަތައްދާއިރު އިދާރީ އަދަބުތަކެއް ކަނޑައެޅިފައި އޮވެއްޖެނަމަ ކޯޓުގައި މި މައްސަލަ ހިގާއިރު މައްސަލައިގެ ބުރަދަން ކުޑަވެގެން އަތުވެދާނެކަމަށް ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކުރެވުނެވެ.

އެހެންކަމުން، ކުންފުނިން ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް އޮންނަ ކޮމެޓީއަށް ފޮނުވައި މިކަން މެނޭޖްމަންޓުން ބެލުމަށްފަހު ކުންފުނީގެ ސިޔާސަތުތަކާއި އުޞޫލުތަކާއި އޮންނަ އިޖްރާއަތްތަކުގެ ތެރެއިން އެފަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތްތަކެއް އޮތްތޯވެސް ބެލީމެވެ. ނަމަވެސް ތުހުމަތު ކުރެވޭ މުއައްޒަފުނާއި މައްސަލަ ބާލާ މުއައްޒަފުންނަކީ އެއްބަޔަކަށް ވުމުން މިވީ ވަރަޤް ކުރަން އުނދަގޫ ކަމަކަށެވެ. އެހެންވީމާއި ރިޕޯރޓްތައް މުރާޖަޢާކޮށް އަލުން މިކަމަށް ގޮތެއް ނިންމުމަށް ޑިރެކްޓަރުންގެ ބޯޑަށް އަޅުގަނޑު ފޮނުވީމެވެ. ބޯޑުން ނިންމެވީ ފިޔަވަޅު އިތުރަށް އަޅާނީ ކޯޓް މަރުހަލާ ނިމުމުން ކަމަށެވެ.

މިމައްސަލަތަކަކީ އަޅުގަނޑު ހިތުގައި ނުބެލުމަށް އެއްވެސް ރޫހެއް އޮތްކަމެއް ނޫނެވެ. ސަރުކާރުންނާއި މަޖްލިސުން މިހާރު ނިންމާފައިވަނީ އޯޑިޓް އޮފީސް މެދުވެރިކޮށް ހާއްޞަ އޯޑިޓެއް ކުރުމަށެވެ. އެމަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. އެފަރާތަށްވެސް އަޅުގަނޑު ދިޔައީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ.

ކުންފުނީގެ އާއްމު އިޖްރާއަތްތަކާއި ޚިލާފަށް ހިންގާފައިވާ ކަންކަން ނުބެލުމަކީ އެއްގޮތަކަށްވެސް އަޅުގަނޑު ކުރާނެކަމެއް ނޫނެވެ.