މައުލޫމާތު ރައްކާތެރިކަމާއި ގަވާދާއި އެއްގޮތަށް ކުންފުނީގެ ހިސާބުތައް ބެލެހެއްްޓުމަށް އިންޓަރނަލް އޮޑިޓް ކުރުމަކީ މުހިންމު ކަމެކެވެެ. އެއީ ކުންފުނީގެ ޕާފޯމަންސް އިވެލުއޭޓްކޮށް ރިސްކް މެނޭޖްކުރުމަށް އޮތް މަގަކަށްވާތީ ވެސް މެއެވެ. އިންޓަނަލް އޯޑިޓްއަކީ ހުރިހާާ ބާވަތެއްގެ ވިޔަފާރިތަކަށްވެސް އެހީތެރިވެދޭ ވަސީލަތެކެވެ. އިންޓަރނަލް އޮޑިޓަކީ ކުންފުނީގައި ރަނގަޅު ކުރެވިދާނެ ދާއިރާތައް ކަނޑައެޅުމުގައި އެހީތެރިވެދިނުމާއި، އެ އޯގަނައިޒޭޝަނެއްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި ކުރަންވީ ކަންކަން އަންގާދޭނެ ފަރާތެކެވެ.

ކުންފުނީގެ ބޯޑަކުން މެނޭޖްމަންޓު އޮޑިޓެއް ކުރަން ގަސްޛު ކުރާާއިރު ވިސްނާލަން ޖެހޭ ދާއިރާތަކެއް ހުރެއެވެ.

 ކުންފުނިން ކޮމްޕްލައިންސް ލަނޑުދަނޑިތަށް ހާސިލުކުރެވެމުން ދޭ ހެއްޔެވެ؟

ރިސްކް މެނޭޖްކުރެވެނީ ފައިދާހުރި ގޮތެއްގައި ހެއްޔެވެ؟

ސިޔާސަތުތަކާއި އުސޫލުތައް ރަނގަޅަށް އަމަލުކުރަމުންދޭ ހެއްޔެވެ؟

މިއީ ހަމައެކަނި އިންޓަރނަލް އޮޑިޓަކުރުމުން ނޫނީ ކާމިޔާބުކަމާއެކު ޖަވާބު ނުދެވޭނެ ބައެއް ސުވާލުތަކެވެ.

 

އިންޓަރނަލް އޮޑިޓަރުން ޒިންމާވާންޖެހޭނީ ކޮން މަސައްކަތެއް ކުރުމަށް ތޯ؟

ގަވާއިދުން އިންޓަރނަލް އޮޑިޓްގެ ކުރުމުން ވާދަވެރި ވިޔަފާރީގެ މާހައުލެއްގައި ހަރަކާތްތެރިވުމަށާއި ކުރިމަގުގައިވެސް ކުންފުނި ވާދަވެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ދެމިއޮތުމަށް އެހީތެރިވެދޭނެއެވެ. އޮޑިޓަރުންނަށް މިކަން ކުރެވޭނެ ގޮތަކީ:

ކުންްފުނީގެ ވިޔަފާރި ހިރާސްތަކާ، ކޮންޓްރޯލްތައް މޮނިޓަރކޮށް، ތަޙުލީލުކޮށް، ވަޒަންކޮށްގެންނެވެ.

ދައުލަތާއި އަދި ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނުތަކަށް ކުންފުނިތަކުން އަމަލުކުރާކަން މުރާޖަޢާކޮށްގެންނެވެ.

ކުންފުނީގެ ވެރިންނާއި ބޯޑުގެ ޑައިރަކްޓަރުންނަށް ޔަޤީންކަމާއި ލަފާ ދީގެންނެވެ.

އިންޓަނަލް އޯޑިޓް ރިޕޯރޓެއް ތައްޔާރު ކުރުމުގައި އެންމެ މުހިންމު ކަމަކީ ކުންފުނި ހިނގާ ގޮތުގެ މައުލޫމާތު އެއްކޮށް، ކުންފުނި ރަނގަޅަށް ކުރިއަށްދާ ތަންތަނާއި ކުރިއެރުވޭނެ ދައިރާތައް އިންޓަނަލް އޯޑިޓް ރިޕޯޓަކުން ރިވެލިވެފައި އޮތުމެވެ.

 

އިންޓަނަލް އޯޑިޓް ޔުނިޓެއް އެކުލަވާލުން

ދައިލަތުގެ ކުންފުނިތަށް ހިންގުމަށް އެކުލަވާލާފައިފައިވާ ގަވަނަސް ކޯޑްގައިވާ ގޮތުން އިންޓަނލް އޯޑިޓް ޔުނިޓް އެކުލަވާލަންވާނީ ކުންފުނީގެ ބޯޑްގައި އޮންނަ އޯޑިޓް ކޮމިޓީންނެވެ. އިންޓަލް އޯޑިޓްގެ ވެރިޔާވެސް ކަނޑައަޅާނީވެސް އިންޓަނަލް އޯޑިޓް ކޮމިޓީންނެވެ. އެއީ އިންޓަރނަލް އޯޑިޓަރ ގެ މިނިވަންކަން ކަށަވަރު ކުރުމަށެވެ. އެހެންނަމަވެސް އިދާރީގޮތުންނާއި މަސައްކަތުގައި އިންޓަނަލް އޯޑިޓަރ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ގުޅިގެން މަސައްކަތް ކުރާނެއެވެ.

އާންމުގޮތެއްގައި ދައުލަތުގެ ކުންފުނިތަކުގައި ހިންގުމުގެ ތެރޭގައި އިންޓަނަލް އޯޑިޓް ޑިޕާރޓްމަންޓްވެސް ކުންފުނީގެ އެހެން ޑިޕާރޓްމަންޓްތައް ފަދައިން ހިންގަމުންދެއެވެ. ދައުލަތުގެ ކުންފުނިތަށް ބެލެނިވެރި ފަރާތް ކަމުގައިވާ ޕަބްލިކް ކޯޕަރޭޝަން ބޯޑު ބުރަވަނީ މިގޮތަށެވެ.

ބިޒްނަސް ޔުނިޓްތަކާ ސަބްސިޑިއަރީތައް ހުންނަ ދައުލަތުގެ ބޮޑެތި ކުންފުނިތަކުގައި މިގޮތަށް އިންޓަނަލް އޯޑިޓް ޑިޕާރޓްމަންޓް އޮތުމުން ރަނގަޅުވެދާނެއެވެ. މިސާލެއްގެ ގޮތުން އެސްޓީއޯ، އެމްޓީސީީސީ، އެމްޑަބްލިއުއެސްސީ، އެމްޕީއޭ ފަދަ ކުުންފުނިތަށް އިންޓަރނަލް އޯޑިޓް ޑިޕާރޓްމަންޓަކަށް އިންވެސްޓްކުރުން ބުއްދިވެރިއެވެ.

އެހެންނަމަވެސް ދައުލަތުގެ ކުދި ކުންފުނިތަކަށް މިހަމައިން ވިސްނުން އެންމެ ރަގަޅެއް ނޫނެވެ. އެމްއެމްޕީއާރުސީ، ޕީއެސްއެމް ފަދަ ކުންފުނި ތަކުގައި ފައިނޭންސް އެންޑް އެކަންޓް ޑިޕާރޓްމަންޓްވެސް ވަރަށް ކުޑަވާނެއެވެ. އަދި އެސައިޒް ގެ އިންޓަނަލް އޯޑިޓް ޑިޕާރޓްމަންޓެއް އޮތުމަކީ ހަރަދުގެ ގޮތުންވެސް ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އަދި އިންޓަނަލް އޯޑިޓް ކުރެވޭ ފެންވަރުގެ އޯޑިޓަރެއްގެ މުސާރަވެސް ކުދި ކުންފުނިތަކުގެ މުސާރަ އޮނިގަޑު ތެރޭން ހަމައެއް ނޭޅޭނެއެވެ.  އަދި ކުދި ކުންފުނިތަކުގެ މަސައްކަތު މާހައުލުގައި މުއައްޒަފުން މެދުގައި ބަދަހި ގުޅުމެއް އޮންނާނެއެވެ. އެހެންކަމުން މުއައްޒަފުންގެ ދޭތެރޭ އޮންނަ ގުޅުުމުގެ ތެރޭން އިންޓަނަލް އޯޑިޓަށް ނުފޫޒް ވަނުމަކީ ވުން ކައިރިކަމެކެވެ. ކޮންމެ ޑިޕާޓްމަންޓަކުންވެސް ވީހާވެސް ރަނގަޅަށް، ފައިދާހުރި ގޮތެއްގައި، އަދި ރައްކާތެރިކަމާއެކު މަސައްކަތް ކުރަމުންދާކަން ހާމަކޮށްދޭން ބޭނުންވާނެއެވެ. އެހެން ކަމުން އެންމެ ރަނގަޅަށް ކަންކަން ހާމަވެގެން ނުދާނެއެވެ. އޯޑިޓުކޮށްގެން ކުންފުނިން ހޯދަން ބޭނުންވާ ނަތީޖާ ނުލިބޭތަން އައުމަކީ ވެދާނެކެމެކެވެ.

ކުންފުންޏާއި ޒާތީ ގުޅުމެއް ނެތް ޕްރޮފެޝަނަލުން ކުރިއަށް ގެންދާ އޮބްޖެކްޓިވް އައުޓްސޯސްޑްް އޮޑިޓްތަކަކީ ކުރެވޭނެކަމެކެވެ. އަދި ކުދި ކުންފުނިތަކަށް ޕްރޮފެޝަނަލް އޯޑިޓިން ހިދުމަތެތް ލިބޭނެ ގޮތެވެ. ވިޔަފާރީގެ ގޮތުން ކުރެވޭ ހެޔޮ އިންވެސްޓްމަންޓެއްވެސް މެއެވެ.

 

އިންޓަރނަލް އޮޑިޓެއް ކުރާނީ ކިހިނެއް؟

ކުންފުންޏެއްގެ އިންޓަރނަލް އޮޑިޓަރަކު މަސައްކަތް ފަށާގަންނަނީ، އޯޑިޓްގެ ކައުނުގައި ހުންނަ މާއްދާތަކުންނެވެ. އެ ކުންފުނީގެ ރިސްކްތަކާއި، މަޤްޞަދުތަކާއި، އެސެޓާއި ތަރުތީބުތަކާއި ސިޔާސަތުތަކާއި ޕާފޯމަންސްއާ ގުޅޭ ލިޔެކިޔުންތައް ތަޙުލީލުކުރުމުގެ އިތުރުން، ވަކި ސްޓްރެޓެޖީތަކެއް ތަންފީޒުކުރަމުންދާ ގޮތް ބަލާށެވެ.

އިންޓަރނަލް އޮޑިޓް ޕްރޮސެސް އާންމުކޮށް މަސައްކަތް ކުރަނީ މިގޮތަށެވެ.

1.       މަޢުލޫމާތު އެއްކުރުން – ކުންފުނި ހިނގަމުންދާ ގޮތް ރަނގަޅަށް ދެނެގަތުމަށްޓަކައި އޮޑިޓަރ އޮބްޒަރވްކޮށް، ނޯޓްކޮށް، ލިޔެކިޔުންތައް މުރާޖަޢާކޮށް، މުވައްޒަފުންނާ އިންޓަވިއުކުރާނެއެވެ.

2.        ސެކިއުރިޓީ އެސެސްމަންޓް – އޮޑިޓަރުން މޮނިޓަރ ކުރާނީ އޯގަނައިޒޭޝަންގެ ރިސްކްތަކާއި ސެކިއުރިޓީ ކޮންޓްރޯލްތައް ތަޙުލީލުކޮށް އެސެސްކުރާނީއެވެ. މި މަރުހަލާގައި އެމީހުން ގިނަ ފަހަރަށް މުވައްޒަފުންނަށް ކުންފުނީގެ މަގުސަދުތަކާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާއި، ކޮމްޕްލައިންސް ގަވާއިދުތަކާ ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތު ޗެކް ކުރާނެއެވެ.

3.       ކޮމްޕްލައިންސް އެސެސްމަންޓް – ދައުލަތުގެ ޤާނޫނުތަކާއި ސަރުކާރުގެ ސިޔާސަތާއި އަދި ޢަމަލުކުރެވޭ ބައިނަލްއަޤްވާމީ ޑޭޓާ ސެކިއުރިޓީ އަދި ޕްރައިވެސީ ޤަވާޢިދުތަކަށް ކުންފުނި ކޮމްޕްލައިންސް ކުރާކަން އޮޑިޓަރ މުރާޖަޢާކުރާނެއެެވެ.

4.       ވެރިފިކޭޝަން – މިއީ އޮޑިޓަރ ފޯރުކޮށްދޭ މަޢުލޫމާތު ޗެކްކޮށް، ރަނގަޅު ކުރެވިދާނެ ނުކުތާތައް ދެނެގަތުމެވެ.

5.       މަޝްވަރާކުރުން – ދެން އޮޑިޓަރ ކުންފުނީގެ މެނޭޖްމަންޓާއި މަޝްވަރާކޮށް، ރަނގަޅުކުރުމަށް ލަފާދިނުމާއި، ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅާނީއެެވެ.

6.       ރިޕޯޓް ބޯޑައީ ހިއްސާ ކުރުން – ފައިނަލް ރިޕޯޓް ކުންފުނީގެ އޯޑިޓް ކޮމިޓީ މެދުވެރިކޮށް ބޯޑައި ހިއްސާ ކުރާނީއެވެ.

7.        ރިވިއުކުރުން – އޮޑިޓް ނިމޭނީ ހަމައެކަނި އޮޑިޓް ރިޕޯޓާއި ހިސާބުންނެެއް ނޫނެވެ. އަދި ކުންފުނީގެ ކުރިއެރުންތައް ބެލުމަށްޓަކައި އޮޑިޓަރު ކަންޑައެޅިފައިވާ ތާރީހްތަކުގައި ކަންކަން ހާސިލު ވަމުން ދޭތޯ ބަލަންވާނެއެވެ.

 އިންޓަރނަލް އޮޑިޓެއް ކުރުމަށް ކިހާ ވަގުތެއް ބޭނުންވޭ؟

ކުދި އަދި މެދު ސައިޒްގެ ކުންފުނިތަކަށް އިންޓަނަލް އޯޑިޓެއް ކުރުމަށް އެންމެ ގިނަވެގެންވެސް ބޭނުންވާނީ ދެ އޮޑިޓަރުންނެވެ. އަދި ގިނަވެގެން މަސް ދުވަހުތެރޭ މަސައްކަތް ނިންމާ ލެވޭނެއެވެ. ރިޕޯޓް އެކުލަވާލާއިރު މެނޭޖްމަންޓާއި މަސްވަރާ ކުރެވިގެން ދާނެއެވެ. އެއީ ރިޕޯޓގައި ގައި ހުރި މައުލޫމާތު ކަޝަވަރު ކުރުމަށެވެ. މިއަށް ފަހު ކުންފުނީގެ އޯޑިޓް ކޮމިޓީއާ މަޝަވަރާ ކޮށް ރިޕޯޓް ހުށައަހަޅާނީއެވެ. ރިޕޯރޓް ތަންފީޒު ކުރެވޭނެ އެންމެ ރަނގަޅު ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރުން ހިމެނެއެވެ.

އިންޓަރނަލް އޮޑިޓެއްގެ ބޭނުމަކީ ކޮބައިތޯ؟

ކުޑަޔަސް ބޮޑަސް ކުންފުނި އޯޑިޓްކުރުމަކީ ކުންފުނީގެ ކުރިއެރުމަށް ހެޔޮ ބަދަލު އަންނާނެ ކަމެކެވެ. ގަވާއިދުން އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުމަކީ ހުރިހާ ސިނާއަތެއްގައިވެސް ހަރަކާތްތެރިވާ ކުންފުނިތަކުންވެސް ކުރަން ޖެހޭ އަދި ފައިދާ ކުރާ ކަމެކެވެ. އެއީ ޕާފޯމަންސް އިވެލުއޭޓްކޮށް ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރުމަށް ފިޔަވަޅު އެޅޭނެ ގޮތްތައް ދެނެގަތުމަށް އަމާޒުކޮށްގެން އޯޑިޓް މަސައްކަތް ކުރުމުން ވިޔަފާރިއަށް ހެޔޮ ތަޖްރިބާތަކެއް ކުރެވޭނެއެވެ.

މިއީ މުވައްޒަފުންނަށް ބިރުވެރި ޕްރޮސެސްއެއްގެ ގޮތުގައި ބަލަން ޖެހިގެން ނުވާނެެއެވެ. އެއީ އޯޑިޓަރުގެ ފަރާތުން މުއައްޒަފުން ކުއްވެރި ކުރުން އެއީ އޯޑިޓިންގެ ސިފައެއް ކަމުގައި ވެގެން ނުވާނެއެވެ. ކުރިއަށް އޮތް އޮޑިޓްތަކާއި އެ އޮޑިޓްތަކުގެ ދާއިރާ މުވައްޒަފުންނަށް އަންގާއިރު، އެ ޕްރޮސެސްގެ ސަބަބުން ކުންފުނި ހަރުދަނާކޮށް، މާކެޓްގައި ރަސްކަން ކުރުމަށް އެހީތެރިވެދޭނެ މޮޅު ވިސްނުންތަކެއް ފާޅުވެގެން އަންނަންވާނެއެވެ.